މީޑިއާ ކައުްނސިލް...
ހަބަރު
19 Aug 2025 | 11:36
މީޑިއާތަކުގެ ބަލަދުވެރި ފަރާތް، މީޑިއާ ކައުންސިލުންވެސް ގޮވާލީ ބިލް އަނބުރާ ގެންދިއުމަށް

މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް" ބޭރުކުރުމަށް މީޑިއާތަކުގެ ބަލަދުވެރި ފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރު ޢަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން އެކޮމިޝަނުން ވަރަށްބޮޑަށް ކަންބޮޑުވާކަމަށެވެ. އެގޮތުން ބިލް ފަރުމާކޮށްފައިވަނީ ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށްބޮޑަށް ހުރަސްއެޅޭގޮތަށްކަމަށާއި، ބިލް ފަރުމާކޮށްފައިވަނީ މަޖިލީހުގައި އެއިރެއްގައި އޮންނަ މެޖޯރިޓީ ޕާތިއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭގޮތަށް ކަމަށެވެ.

މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާގޮތުން އަދި މެމްބަރުން ވަކިކުރުމުގެ ބާރު ދީފައިވާގޮތުން މީޑިއާތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅި، ވަރަށްބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުްނގެ މަޖިލީހަށް ލިބިދޭކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

ނޫސްވެރިން ޝާއިކުރާ ހަބަރުތަކުގެ މަސްދަރު ހާމަނުކުރަން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާއިރު، މި ބިލް ފަރުމާކޮށްފައިވަނީ އެހައްގުވެސް ނިގުޅައިގަނެވޭ ގޮތަށްކަމަށް އެމްއެމްސީން ފާހަގަކުރިއެވެ. އޭގެ އިތުރުން މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ މާއްދާތައް ހިމަނާފައިވާގޮތް ސާފްނުވާކަމަށް އެ ކައުންސިލުން ބުންޏެވެ. އެހެންކަމުން އެކަމަކީ އޭގެ ބޭނުން އެކި ގޮތްގޮތަށް މާނަކޮށްގެން ނާޖާއިޒް މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިެގންދާނޭ ކަމެއް ކަމަށްވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީޑިއާ ތަކާއި މީޑިއާތަކުގެ ބަލަދުވެރި ފަރާތުން ހަންނާން ހުށަހެޅި ބިލާމެދު ކަންބޮޑުވުން ފާޅުކުރިނަމަވެސް ސަރުކާރުން ވަނީ މިއީ އެފަދައިން މީޑިއާގެ މިނިވަންކަން ހަނިކުރާ ބިލެއް ނޫންކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.