ރައީސް ތޮއްޑޫގައި ވާހަކަފުޅު ދައްކަވަނީ --
ހަބަރު
20 Aug 2025 | 16:07
ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތާއި 30 އެނދުގެ ހޮސްޕިޓަލެއް

އއ. ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށާ އެ ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

އއ އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަނީ އިއްޔެ ރަސްމީ ދަތުރުފުޅެއް ފައްޓަވާފަ އެވެ. އެ ދަތުރުފުޅުގައި މިއަދު މެންދުރު ވަނީ ތޮއްޑޫއަށް ވަޑައިގެންފަ އެވެ. އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ ތޮއްޑޫގައި މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަން އިއުލާނު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ތޮއްޑޫގައި ވަރަށް އަވަހަށް ސީޕްލޭ ފްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ފެބްރުއަރީ ގައި އެ ރަށަށް ސީޕްލޭން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ. އެއީ ސެޑިއުލް ކުރެވިގެން ބޭއްވޭ ދަތުރުތަކަށްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ތޮއްޑޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ސީޕްލޭން ދަތުރުތައް ފެށުމުން މިހާރުވެސް 80 ވަރަކަށް ގެސްޓްހައުސް ހުރި ތޮއްޑޫގެ ލޯކަލް ޓޫރިޒަމަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ފެށިފައިވާ އެ ރަށު ސިއްހީ މަރުކަޒު ތަރައްގީ ކުުރުމުގެ މަސައްކަތް ފުޅާކޮށް 30 އެނދުގެ ހޮސްޕިޓަލް މަޝްރޫއުއަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރުން އައިސީޔޫ އަކާއި އޮޕަރޭޝަންތައް ތިއޭޓަރު ގާއިމު ކުރެވިގެންދާނެ ކަަމަށް ވިދާޅުވި އެެވެ.

މީގެ އިތުރުން އެމްއެންޔޫގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީސް އުފައްދާ އެ ފެކަލްޓީގެ އިމާރާތް ހަދާނީ ތޮއްޑޫގައި ކަން ވެސް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

ތޮއްޑޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފެށުން --

ރައީސްގެ މި ދަތުރުފުޅާއި ދިމާކޮށް ތޮއްޑޫގައި ވަނީ ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ. އަދި އެ ރަށު ދެކުނު ފަރާތުގައި ފާލަން ތަރައްގީ ކުރުމާއި އެ ރަށު ސުކޫލްގެ 10 ކުލާސް ރޫމާއި އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަަސައްކަތު އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.