މީޑިއާ ކައުންސިލްގެ މެމްބަރު... ފޮޓޯ: އެމްއެމްސީ
ހަބަރު
21 Aug 2025 | 09:19
މީޑިއާ ބިލް މައްސަލާގައި ނޫސްވެރިންގެ ބަލަދުވެރި ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލްގެ މައްސަލާގައި ނޫސްވެރިންގެ ބަލަދުވެރިފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ނިންމައިފިއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް"ގެ މައްސަލާގައި އެމްއެމްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ބިލާ ދެކޮޅަށް ފަސް ކަމެއް ކުރުމަށް ނިންމާފައެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބިލްގެ މައްސަލާގައި ރައީސް ޑރ.މުއިއްޒާ ބައްދަލުކުރުމަށް ނިންމުމެވެ. މީގެ އިތުރުން އެމްއެމްސީން ވަނީ ނުސްވެރިންނާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ބިލް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއްވެސް ޝަރުތަކާ ނުލައި ބިލް ބަލައިނުގަތުމަށް ކަމާބެހޭ ފަރާތްތަކަށް ދެންނެވުމާއި، ބިލާ ދެކޮޅަށް ކުރެވެން ހުރި ކަންކަން ކުރުމަށް ވަރކިން ގްރޫޕެއް ނަގައިގެން ބިލާ ދެކޮޅަށް މަސައްކަތްތަކެއް ކުރޔުމަށް ނިންމާފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ކެމްޕެއިންތަކެއް ހިންގުމަށްވެސް އެމްއެމްސީން ވަނީ ނިންމާފައެވެ.

މީޑިއާތައް ރެގިއުލޭޓްކުރަން ޖެހޭކަން ފާހަގަކޮށް މަޖިލީހަށް ބިލެއް ހުށަހެޅީ ތުޅާދޫ ދައިރާގެ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރު ޢަބްދުލްހަންނާން އަބޫބަކުރުއެވެ. މިކަމާ ގުޅިގެން އެމްއެމްސީން ވަނީ އެދުވަހުވެސް ބަޔާނެއް ނެރެފައެވެ. ކޮމިޝަނުން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ، ބިލް ފަރުމާކޮށްފައިވަނީ ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށްބޮޑަށް ހުރަސް އެޅޭގޮތަށްކަމަށާއި، ބިލް ފަރުމާކޮށްފައިވަނީ މަޖިލީހުގައި އެއިރެއްގައި އޮންނަ މެޖޯރިޓީ ޕާތިއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭގޮތަށް ކަމަށެވެ.

މި ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާގޮތުން އަދި މެމްބަރުން ވަކިކުރުމުގެ ބާރު ދީފައިވާގޮތުން މީޑިއާތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅި، ވަރަށްބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުްނގެ މަޖިލީހަށް ލިބިދޭކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

މީޑިއާކައުންސިލުން ބުނެފައިވަނީ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލާ ދެކޮޅަށް އެ ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭކަމަށެވެ. މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންގެ ޖަމއިްޔާ މޯލްޑިވްސް ޖާނަލިސްތް އެސޯސިއޭޝަނާއި، އިދިކޮޅު އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނީ، މިއީ މީޑިއާގެ މިނިވަންކަން ހަނިކުރާގޮތަށް އޮތް ބިލެއް ނޫންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.