ހުކުރު ހުތުބާ ދެނީ
ދީން
22 Aug 2025 | 13:05
ފިރިހެނުން ކަންފަތް ތޮރުފުމާއި، ދެޖިންސްގެ މީހުން ޓެޓޫ ޖެހުމަކީ ލަޢުނަތް ލެއްވިގެންވާ ހަރާމް ކަންކަން: ހުތުބާ

ފިރިހެނުން ކަންފަތް ތޮރުފުމާއި، ދެޖިންގެ މީހުން ޓެޓޫ ޖެހުންފަދަ ކަންކަން މުޖުތަމައުގައި އާއްމުވަމުންދާއިރު، މިކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ހަރާމް ކަންކަން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ، "ރަނގަޅު މުޖުތަމައުއެއް ބިނާކުރުން" މިއެވެ. ހުތުބާގައި ބުނީ، މިހާރަކަށްއައިސް އަހަރެމެންގެ ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން ކުރިއެރުމާއި ތަރައްޤީކަމުގައި ބުނެ، އައުރަ ނިވައިނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުންދާއިރު، ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުންދާކަމަށެވެ. އޭގެ އިތުރުން ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާ އެއް ގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުން ފަދަ ކަންކަން އާދައިގެ ކަންކަންކަމުގައި ހަދަމުންދާކަމަށެވެ.

ހުތުބާގައި ބުނީ މި ކަންކަމަކީ ﷲ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަން ކަމަށެވެ. އިބްނު އައްބާސް رضي اللهُ عَنْهُمَا ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގެން އުޅޭމީހުންނަށް ނަބިއްޔާ ލަޢުނަތްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އެފަދަ މީހުން ތިޔަބައި މީހުންގެ ގޯތިގެދޮރުން ނެރޭށެވެ!"

ހުތިބާގައި ބުނީ މުޖުތަމަޢުގައި ފެތުރެމުންދާ މި ފަދަ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެ ކަމަށާއި، ދީނީ ތަޢުލީމަށް އިތުރު މުހިންމުކަމެއް ދޭން ވެއްޖެކަމަށެވެ.. ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރާން ވެއްޖެކަން ފާހަގަކުރަމުން ހުތުބާގައި ބުނީ މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެކަމަށެވެ.

ހުތުބާގައި ބުނީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން ކަމަށާއި ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން ކަމަށެވެ. މިއަދު މުޖުތަމަޢުތަކުގައި އިސްލާމީ ޝަރީޢަތުގެ ވާހަކަ ދެއްކުމުން ގިނަ މީހުންނަށް ވިސްނެނީ އެއީ، ވައްކަންކުރާ މީހާގެ އަތްކެނޑުމާއި، ޒިނޭކުރާ މީހާ ރަޖަމުކުރުމާއި، މީހެއްގެ ލޭ އޮހޮރުވައިލައިފި މީހާގެ ކިބައިން ޤިޞާޞްހިފުން ކަމުގައެވެ. ނަމަވެސް ޙަޤީޤަތަކީ، އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މަތީގައި މުޖުތަމަޢެއް ބިނާވުމުން މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުން އެ މުޖުތަމަޢަކަށް ލިބިގެންދާކަމަށާއި އުންމަތުގެ މާޒީ މި ކަމަށް ހެކިދޭކަމަށެވެ.

ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން އެ ރަށަކީ އަނިޔާވެރިކަމާއި ހަމަނުޖެހުން ޢާންމުވެފައިވާ ރަށެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ހިޖުރައަށް ފަހު އެ ރަށްވީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ބިނާކުރެވުނު ފުރަތަމަ މުޖުތަމަޢަކަށް ކަމަށެވެ. ނަތީޖާއަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢުމްރާނީ ގޮތުން ދުނިޔެ ޢަޖައިބު ކުރުވަނިވި އެތައް ތަރައްޤީއެއް އެ ރަށަށް ލިބުމެވެ. އިސްލާމީ ފުތޫޙާތުތަކަށް ފަހުގައި ބިނާވި ބޮޑެތި ރަށްތަކާއި މުޖުތަމަޢުތަކަށް ބެލުމުން މި މަންޒަރު ވަރަށް ސާފުވެގެންދާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.