ޑޮކިއުމަންޓްރީ ތައްޔާރުކުރުމުގެ ތެރެއިން... ފޮޓޯ: ދައުލަތުގެ މީޑިއާ
ހަބަރު
24 Aug 2025 | 09:26
ޕީއެސްއެމްނިއުސްއިން، ޤައުމީ ދުވަހާ ގުޅޭ ހާއްސަ ޑޮކިޔުމެންޓްރީއެއް ދައްކަނީ

މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިންގެ އިހުގެ ވާހަކަތައް މިޖީލަށް ގެނެސްދިނުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ހާއްސަ ޑޮކިއުމެންޓްރީއެއް ދެއްކުމަށް ތާވަލްކޮށްފިއެވެ.

ޕީއެސްއެމުން ބުނީ "ޣާޒީ ރަދުން"ނަމުގައި ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައިވަނީ، ޕޯޗްގީޒުންގެ އަޅުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމަށް އުތީމް ބަންޑާރައިން ކުރެއްވި ޖިހާދުގެ ވާހަކަ، ވަށައި ޖެހޭގޮތަށް މުޅި ހާދިސާގެ މައްޗަށް ބިނާކޮށެވެ. މި ޑޮކިޔުމެންޓްރީ ތަފާތުވާ އެއްސަބަބަކީ އެއީކަމަށްވެސް ޕީއެސްއެމުން ބުންޏެވެ.

މި ޑޮކިއުމެންޓްރީގައި ޕޯޗްގީޒުން ރާއްޖެ އެރިގޮތާއި އެމީހުން ރާއްޖެއަށް ޝައުގުވެރިވީގޮތުގެ ވާހަކަ ވަރަށް ތަފްސީލީގޮތެއްގައި ގެނެސްދީފައިވާއިރު، އެދުވަސްވަރު މި ރާއްޖެ އޮންނަ ގޮތާއި، އޭރު ދިވެހިންގެ ދިރިއުޅުމުގެ ތެރޭގައި ހިމެނޭ ކަންކަމުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި ބަލާލާފައިވާނޭކަމަށް ޑޮކިޔުމެންޓްރީ ތައްޔާރުކުރި ޕީއެސްއެމްގެ ޓީމުން ބުންޏެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން މި ޑޮކިޔުމެންޓްރީގައި ހއ.ބާރަށް، ތަކަންދޫ، އަދި އުތީމް ފަދަ ރަށްރަށަށް ޒިޔާަރަތްކޮށް ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ ވާހަކަތައް އެ ރަށްރަށުގެ އުމުރުން ދުވަސްވީމީހުންނަށް އިވުނުގިތުގެ ވާހަކަތައް ވަނީ ހިމަނާފައެވެ. އެގޮތުން އެ ހާދިސާ އާ ގުޅޭ ތަންތަނާއި އެތަންތަން މިހާރު ހުރިގޮތާއި ވާހަކަތައް ޑޮކިޔުމެންޓްރީގައި ގެނެސްދޭއިރު، ކުރިން އާއްމުވެފައި ނުވާ، އަދި އަޑުނީވޭ ވާހަކަތައްވެސް ޑޮކިޔުމެންޓްރީގައި ހިމެނެއެވެ.

ޑޮކިއުމަންޓްރީ ތައްޔާރުކުރުމުގެ ތެރެއިން... ފޮޓޯ: ދައުލަތުގެ މީޑިއާ

ދައުލަތުގެ މީޑިއާގެ ހަބަރު ޗެނަލް، ޕީއެސްއެމް ނިއުސްއިން މި ޑޮކިޔުމެންޓްރީ ދެއްކުމަށް ތާވަލްކޮށްފައިވަނީ މިރޭ 22:00 ގައެވެ.

ޕީއެސްއެމުން ވަނީ ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅުވައިގެން، އެދުވަހުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށްވެސް ޑޮކިޔުމެންޓްރީއެއް ގެނެސްދީފައެވެ. ޕީއެސްއެމުން އެ ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައިވަނީ، ޕީއެސްއެމް ނިއުސްޓީމުން އަވައްޓެރި ސްރީލަންކާގެ ކޮޅުނބަށް ގޮހެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޮލަމްބޯގައި ހުންނަ އިނގިރޭސި އެމްބަސީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.