ޤައުމީ ދުވަހުގެ ޖަލްސާގައި ރައިސް ވާހަކަދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
24 Aug 2025 | 11:52
މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މައްޗަށް: ރައީސް

މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމްގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަޅުގަނޑުމެންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ، އެކަކު އަނެކަކަށް ލޯބިކުރުމާއި ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ. އަނެކާގެ ހައްގުތަކަށް އަރައިގަނެ އަބުރަށް އަރައިގަތުމަކީ ތިމާގެ މިނިވަންކަން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގަބޫލުކުރަންޖެހޭނެ ހަޤީޤަތަކީ ތިމާގެ ދުލުން ބަހެއް ބުނުމަށްފަހު ތިމާއަކީ އެބަހުގެ އަޅަކަށް ވެގެންދާކަންކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ޖަލްސާގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

އަދި އޭގެ ކުރިން އެ ބަހަކީ ތިމަންނާގެ އަޅެއްކަން ވިސްނުމަށް ރައީސް ވަނީ މުއާމަލާތްކުރާއިރު އަނެކާއަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައެވެ. ރައީސް ވިދާޅުވީ ދިވެހިންނަކީ ރީތި ސިފަތަކެއް ލިބި ފަހުރުވެރި ބައެއްކަމަށާއި އެކަން މިއަދު އާކުރަންޖެހިފައިވާކަމަށެވެ.

ޤައުމިއްޔަތަކީ ދިވެހިވަންތަކަން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުން ދިވެހި ބަހަށް ހުރުމަށް ހިތުން އަޅުގަނޑުމެންގެ ރިވެތި އާދަކާތަށް ހިތުން

ރައީސް ވިދާޅުވިއެވެ

އެގޮތުން އިހުގެ ދިވެހިންގެ ދިރިއުޅުމާއި އާދަކާދައަށް ބަލާއިރު ދިވެހިންނަކީ މައިންބަފައިންނަށް އިޙްތިރާމް އަދާކުރާ، އަވަށްޓެރިންނަށް އޯގާތެރި އަދި މުސްކުޅިންނާއި އިސްރަށްވެހީންނަށް ހެޔޮކޮށް ހިތައި ކުޑަކުދިންނަށް އަޅާލައި މިހެން ގޮސް ވަރަށް ރީތި ސިފަތަކެއް އޮތް ޤައުމެއްކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.