ރައީސް ހިރިމަރަދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Aug 2025 | 16:45
ހިރިމަރަދޫގައި ގޯއްޗެއް އޮތް ކޮންމެ މީހަކަށް ހަނިމާދޫން ގޯއްޗަކާ ގެއެއް އަދި ބަދަލު ފައިސާވެސް ދޭނެ: ރައީސް

ހދ. ހިރިމަރަދޫގައި ގޯއްޗެއް އޮތް ކޮންމެ ރައްޔިތަކަަށް ހަނިމާދޫން ގޯއްޗެެއް ދެއްވާނެ ކަމަށާ އަދި އެ ގޯތީގައި ގެއެއްވެސް އިމާރާތް ކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ހދ ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގަ އެވެ. އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހިރިމަރަދޫއަށެވެ. އެ ރަށުގެ ރައްޔިތުން ވަނީ އެ ރަށުން އެހެން ރަށަކަށް ބަދަލުވާން އެދިފަ އެވެ. އެގޮތުން ހަނިމާދޫއަށް ބަދަލުކޮށް ދޭން ރަސްމީކޮށް އެދިފަ އެވެ. އަދި އެކަން ކޮށް ދޭނެ ކަމަަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ހިރިމަރަދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ހިރިމަރަދޫގެ ދުއިސައްތައެއްހާ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ހިރިމަރަދޫގައި ގޯއްޗެއް އޮތް ކޮންމެ ރައްޔިތަކަަށް ހަނިމާދޫން ގޯއްޗެެއް ދެއްވާނެ ކަމަށާ އަދި އެ ގޯތީގައި ގެއެއްވެސް އިމާރާތް ކޮށް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހަނިމާދޫއަށް އެ ރައްޔިތުން ބަދަލުވާއިރު ބަދަލު ފައިސާ ވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ހިރިމަރަދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ހިޖުރަކުރާ ރައްޔިތުންނަށް މިހާތަނަށް ދެމުން އައީ ނިސްބަތުން ކުޑަކުޑަ ފައިސާކޮޅެއް ކަަމަށެވެ. އެހެން ކަމުން ހިރިމަރަދޫ ރައްޔިތުންނަށް އެ ފައިސާ ދެއްވުމުގެ ކުރީން އެ އަދަދު މުރާޖައާ ކުރައްވާނެ ކަމަށެވެ. 

ރައީސް ހިރިމަރަދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ހިރިމަރަދޫ ރައްޔިތުން އެ ރަށުން ބަދަލުވާން އެދި ތަކުރާރުކޮށް ހުށައަޅާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ރައްޔިތުންނަށް ހަނިމާދޫއިން ހަމަޖައްސައިދޭ ގޯއްޗާއި އެ ގޯތީގައި ގެދޮރުއުޅުމާއި އެ ނޫން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތަށް އަވަހަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އެ މަސައްކަތް ފެށޭތާ 18 މަސްދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.