ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ހަބަރު
25 Aug 2025 | 22:20
މީޑިއާ ކޮންޓްރޯލްކުރުމަށް އެއްވެސް ޝައުގެއް ނެތް، އެފަދަ ކަމެއް ނުކުރައްވާނަން: ރައީސް

މީޑިއާ ކޮންޓްރޯލްކުރުމަކީ އެމަނިކުފާނުގެ އެއްވެސް ޝައުގެއް އޮތް ކަމެއް ނޫން ކަމަށާ އެފަދަ ކަމެއް ވެސް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލްގެ މައްސަލާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް" ހުށައެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ނަމަވެސް މިއީ ސަރުކާރުން އަޑީގައި އޮވެ ހުށައަޅާފައިވާ ބިލެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސް ވަނީ މިރޭ ވާހަކަފުޅު ދައްކަވާފަ އެވެ. ހދ. ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ބައެއްގެ ވެސް ޒިންމާތަކެއް އޮންނާނެ ކަމަށެވެ. އެ ގޮތުން މީޑިއާތަކުގެ ޒިންމާތަކެއް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މީޑިއާތަކާއި ގުޅޭގޮތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ބިލްގައި ހުރި އެމަނިކުފާނަށް ބާރުލިބޭ ކަންކަން އެގޮތަށް އޮތުމަށް ބޭނުންފުޅުނުވާކަން ޕީއެންސީގެ މެންބަރުންނަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން ދެން އުފެދޭ ކޮމިޝަނެއްގައި ރައީސަކު އައްޔަނުކުރުމުގެ ބާރު ރައީސަށް އޮންނަ ގޮތަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދަޅުވީ މީޑިއާތައް މިނިވަންވާން ޖެހޭ ކަމަށާ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެމަނިިކުފާނުގެ ވިސްނުމެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް އޮތް ކަމެއް ނޫން މީޑިއާ ކޮންޓްރޯލް ކުރުމަކީއެއް. އަޅުގަނޑު އެއްވެސް އިރަކު ކުރިކަމެއް ވެސް ނޫން. އަޅުގަނޑު ކުރާނެ ކަމެއް ވެސް ނޫން. އެހެން ނަމަވެސް ޒިންމާދާރުކަމާއެކު ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހޭނީ,"

އަދި ވިދާޅުވީ ރައީސްގެ ކޮންޓްރޯލެއް އޮންނަން ޖެހޭ ގޮތަށް އެއްވެސް ކަމެއް ބައްޓަން ކޮށްފައި އޮތުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. މި ބިލްގައި މީޑިއާތަކާއި ނޫސްވެރީން އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރާ އެހެން އެއްވެސް ކަމަކާއި ގުޅޭގޮތުން ރައީސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

އަދި މިބިލާއި ދެކޮޅު މޭރުމަކުން ވެސް ރައީސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.