މާލޭ ވިޔަފާރި ބަނދަރު... ފޮޓޯ: ވޮއިސް
ހަބަރު
31 Aug 2025 | 10:31
އެއްތަނުން އަނެއްތަނަށް އުފުލާ މުދާ ރައްކާތެރިކުރާނެ ފަސޭހަގޮތެއް

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 100 އެތައް ރަށެއް އޮންނައިރު މުދާ އުފުލުމުގައި އަދިވެސް ބަރޯސާވާން ޖެހެނީ ކަނޑުދަތުރުފަތުރަށެވެ. ކޮންމެ ދުވަހަކަށް ބަލާލިނަމަވެސް ކަނޑުދަތުރުކުރާ އެތައް އުޅަނދެއް މުދާ ހިފައިގެން މާލެއާ ރާއްޖޭގެ ރަށްތަކާ ދެމެދު ދަތުރުކުރެއެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެއްކަމުން މުދާހިފައިގެން ކަނޑުދަތުރުފަތުރުކުރުމުގައި ވަރަށްބޮޑަށް ސަމާލުވާން ޖެހޭތަން އާދެއެވެ. މޫސުން ގޯސްވެއްޖެނަމަ ކަނޑުމައްޗަށް ނާރައި ހަފްތާއެއްހާ ދުވަހު މަޑުކުރަން ޖެހެއެވެ. ބައެއްފަހަރު މޫސުން ގޯސްވިނަމަވެސް މުދާހިފައިގެން ދަތުރުފަށަން ޖެހެނީ އިތުރުގޮތެއް ނޯންނާތީއެވެ.

މިހެން ކުރާ ދަތުރުތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން މުދާ ހިފައިގެން ދަތުރުކުރަނިކޮށް ނުރައްކާތެރި އެތައް ހާދިސާތަކެއް ދިމާވެފައި އެބަހުއްޓެވެ. ހަމައެކަނި މިހިނގާ ހުޅަނގު މޫސުމުގެ ފާއިތުވެގެންދިޔަ ދުވަސްތަކަށް ބަލާލިނަމަވެސް މުދާ ހިފައިގެން ދަތުރުކުރަނިކޮށް ބައެއް އުޅަނދުތައް ފަރަށްއަރައި އަނެއްބައި އުޅަނދުތައް ދިޔަވެ މުދަލާއެކު އަޑިއަށްދިއުންފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މުދާ ހިފައިގެން ބޯޓެއް ކަނޑުވެފައި.... ފޮޓޯ: ފުލުހުން

މިފަދަ ހާދިސާތަކުގައި އުޅަނދާއި މުދަލުގެ ވެރިފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުއްޓެވެ. ހާއްސަ ގޮތެއްގައި މިފަދަ ހާދިސާތަކުގައި އުޅަނދުގެ ވެރިފަރާތަށް ލިބޭ ގެއްލުން މިލިއަނުން ގުނާލެވެއެވެ. މިގޮތުން ލިބޭ ގެއްލުންތައް އިންޝުއަރަންސް ކުރެވިފައި ނެތްނަމަ، އެކަމުގެ ގެއްލުމުގައި މީހާގެ މުޅި އުމުރު ހޭދަކުރަންޖެހިފައިވެސް އެބަހުއްޓެވެ.

އެލައިޑް ކާގޯ އިންޝުއަރަންސް ހިދުމަތަކީ މިހާރު އިންޝުއަރަންސް މާކެޓްގައި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރަންސް ޕްލޭނެވެ. މި ހިދުމަތް ފަރުމާކޮށްފައިވަނީ ރާއްޖެފަދަ ކަނޑު ދަތުރުތައް ގިނަ ޤައުމަކަށް އެންމެ އެކަށޭނެގޮތަށެވެ. އެލައިޑް ކާގޯ އިންޝުއަރަންސްގެ ތެރެއިން ކާގޯ އުފުލުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން މުދާތަކަށް ލިބޭ ގެއްލުންތައް ކަވަރކުރެވޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އުޅަނދު ފެތި ނުވަތަ މުދާތަކަށް ފެންވަދެގެން ނުވަތަ މުދާތަށް ކަނޑަށް ދޫވުމުން ކުރިމަތިވާ ގެއްލުންތަކުން އެލައިޑްގެ މި ޕްލޭނުން އެހީވެދެއެވެ.

އެލައިޑް ކާގޯ އިންޝުއަރަންސް ޕޮލިސީގައި 3 ކެޓަގަރީއެއް ހިމެނެއެވެ.

-    އައިސީސީ އޭ: މި ޕްލޭނަކީ ކުރިމަތިވާ އެންމެ ނުރައްކާތެރި ހާދިސާތަކުގައި ބަދަލުލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެވެ. މި ޕްލޭނުގެ ދަށުން އަލިފާނުގެ ބޮޑު ހާދިސާއެއްގެ ސަބަބުން އުޅަނދު އަނދައިގެން ދިއުމާއި، ކަނޑުފޭރޭމީހުންގެ ސަބަބުން ކުތރިމަތިވާ ނުރައްކާތެރިކަމުންނާއި، އެނޫންވެސް ކަމަކުން ލިބޭ ގެއްލުންތައް ކަވަރުކޮށްދެއެވެ.

-    އައިސީސީ ބީ: މި ޕްލޭންގެ ދަށުން ކުރިމަތިވާ ޤުދުރަތީ ހާދިސާތައްކަމަށްވާ ހޮނުއެޅުމާއި، ކާގޯ ކޮންޓެއިނަރ ކަނޑަށް ވެއްޓުމާއި، ކޮންޓެއިނަރ އުފުލުމުގައި ދިމާވާ ކަންކަމުން ލިބޭ ގެއްލުންތައް ކަވަރުކޮށްދެއެވެ.

-    އައިސީސީ ސީ: މިއީ އެލައިޑް ކާގޯ އިންޝުއަރަންސްގެ އެންމެ ލުއި ޕްލޭނެވެ. މި ޕްލޭނުގެ ދަށުން އުޅަނދު ބަންޑުންޖަހާލައިގެން ލިބޭ ގެއްލުންތަކށާއި، ހިނގާ އަލިފާނުގެ ހާދިސާތަކާއި، ކަނޑަށް ކާގޯ ދޫކޮށްލަންޖެހޭ ހާލަތުގައި އެ ލިބޭ ގެއްލުންތައް މި ޕޮލިސީން ކަވަރުކޮށްދެއެވެ.

އެލައިޑް ކާގޯ އިންޝުއަރަންސްގެ ދަށުން ކަނޑުމަގުން އުފުލާ ކާގޯގެ އިތުރުން ވައިގެ މަގުން އުފުލާ ކާގޯއަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.