މޫނު ބުރުގާ އަޅައިގެން ތިބި ބައެއް --
ހަބަރު
31 Aug 2025 | 21:47
ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް މޫނު ބުރުގާ އެޅޭ ގޮތަށް ގަވާއިދު އިސްލާހްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުމާއި އެއްގޮތަށް ޑިޕާޓްމަންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެ ނިންމުން އިއުލާނުކޮށްފަ އެވެ. އަދި ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްްރޭޓަރ އަމްޖަދު މުސްތަފާ ސޮއިކުރައްވާ އެކަމާއި ގުޅޭ ސާކިއުލާ ވަނީ ނެރެފަ އެވެ. ޑީޖޭއޭގެ ސާކިއުލާގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒިފުންގެ ޤަވާއިދުގެ 129 ވަނަ މާއްދާއަށް އިސްލާހް ގެނެސްފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާގެ މުވައްޒިފުންގެ ގަވާއިދުގެ 129 ވަނަ މާއްދާ ގައި ހެދުން އެޅުމުގައި މީހުން ފާހަގަވެ އެނގޭނެ ގޮތަށް ހެދުން އުޅުން ބަޔާންކުރާ މާއްދާގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށްވެފައި ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ މުވައްޒިފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވަނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަަމަށެވެ.

އެ މާއްދާއަށް ށ ވަނީ އިތުރުކޮށްފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ހ ގައި އެހެން އޮތް ނަމަވެސް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން ހުރަހެއް ނާޅާ ކަމަށެވެ. 

ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގައި މިފަދައިން ހެދުން އަޅާ މުވައްޒަފަކީ ކާކުކަން ކަށަވަތު ކުރަން ބޭނުންވެއްޖެނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓުން ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަަކަށް ދައްކަން ވާނެ ކަަމަށް ބުނެފައިވެ އެވެ.

މޫނު ބުރުގާ އަޅާތީ ބައެއް މީހުން ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ކުރިމަތިވެފައިވެ އެވެ. ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅާ ވަޒީފާއިން ވެސް ވަކިކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.