މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް އުނގޫފާރުގައި... ފޮޓޯ: އައިޖީއެމްއެޗް
ހަބަރު
06 Sep 2025 | 17:33
މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް އުނގޫފާރުގައި ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ފަށައިފިއެވެ.

މިއީ އަތޮޅުތެރޭގެ ރަށްތަކުގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ސިއްހީ ވުޒާރާ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުގައެވެ.

އުނގޫފާރުގައި މިއަދު ފެށި މި ޕްރޮގްރާމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެކި ސްޕެޝަލިޓީތަކުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ކުރިއަށްދާއިރު، ސަރޖިކަލް އޮޕަރޭޝަންތައް ކުރުމާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. 

ހަލީމް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގައި ދެއްވާ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، ހެލްތް މިނިސްޓްރީއާއި، ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދައުރު އިތުރަށް ފުޅާކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ އެ ކުންފުނީގެ އަމާޒުކަމަށެވެ. 

މި ޕްރޮގްރާމުގައި ކެންސަރުބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ސިކުނޑިއާއި ނާރުގެ ބަލިތަކުގެ އިތުރުން، އާއްމު އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވެއެވެ. މި ކޭމްޕް އުނގޫފާރު ހޮސްޕިޓަލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ނިޔަލަށެވެ. 

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލުން ވަނީ މި ޕްރޮގްރާމް މީގެކުރިން ހދ.ކުޅުދުއްފުއްޓާއި، ލ.އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.