ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
ހަބަރު
07 Sep 2025 | 15:26
މައުމޫްންގެ ޕޯސްޓެއް: ފުރިހަމަ ކޭތައެއްގެ ގޮތުގައި 82 މިނެޓަށް ފެންނަން ހުންނާނެ

މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށާ ފުރިހަމަ ކޭތައެއްގެ ގޮތުގައި ރާއްޖޭ ގަޑިން މިރޭ 11:30 އިންފެށިގެން 82 މިނެޓް ވަންދެން ފެންނަން ހުންނާނެ ކަމަށް ފަލަކީ އިލްމުވެރީން ވިދާޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނަކީ ފަލަކީ ޢިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެ ދާއިރާގެ ބޮޑު ޢިލްމުވެރިއެއް ވެސް މެ އެވެ. ފަލަކީ ޢިލްމާ ގުޅޭ މުހިންމު ކަންކަން އެމަނިކުފާނު ވަރަށް ގިނައިން ހިއްސާ ކުރައްވަ އެވެ.

މިރޭ ފުރިހަމަ ހަނދުކޭތައްއެއް ހިފާނެ އެވެ. ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތަ ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށެވެ. އަދި ފުރިހަމަ ކޭތައެއްގެ ގޮތުގައި ރާއްޖޭ ގަޑިން މިރޭ 11:30 އިންފެށިގެން 82 މިނެޓް ވަންދެން ފެންނަން ހުންނާނެ ކަމަށް ފަލަކީ އިލްމުވެރީން ވިދާޅުވާ ކަމަށެވެ.

ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 08:28 ގައެވެ. ރާއްޖެ ގަޑިން 11:11 އަކީ އެ ކޭތަ އެންމެ ބޮޑަށް ފެންނާނެ ވަގުތަށް ވާއިރު، ރާއްޖެ ގަޑިން 01:55 އާ ހަމައަށް އެ ކޭތަ ފެންނަން ހުންނާނެއެވެ. މިރޭގެ ކޭތަ ރާއްޖެއަށް ވަރަށް ރީތިކޮށް ފެންނާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ކޭތަ ހިފާތީ މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.