ރައީސް ދޮންފަނު ކައުންސިލާއި ބައްދަލު ކުރައްވަނީ --
ހަބަރު
09 Sep 2025 | 19:21
ބިން ނުހިއްކަން ނިންމި ނިންމުން ބަދަލުކުރަން ދޮންފަނު ކައުންސިލުން ގޮވާލައިފި

ބ. ދޮންފަނުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިއުމަށް ނިންމި ނިންމުން ބަދަލުކުރަން އެ ރަށު ކައުންސިލުން ގޮވާލައިފި އެވެ.

އެކަމަށް ގޮވާލާ އެ ކައުންސިލުން ވަނީ ބަޔާނެއް ނެރެފަ އެވެ. ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އެއްވެސް ކައުންސިލަރަކު ނުހިމެނޭ ދޮންފަނު ކައުންސިލުން އެކަމަށް ގޮވާލީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީން ދޮންފަނުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިއުމަށް ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުމުންނެވެ.

ރައީސް އެކަން އިއުލާނު ކުރައްވާ ވިދާޅުވީ ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެންނެވިން ކަމަށާއި، އެ މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަސައްކަތްކުރުމަށް ރައްޔިތުން ބޭނުންނުވާކަން ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އެނގިފައިވާތީ އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ރައީސް މިއަދު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ދޮންފަނު ބިން ހިއްކަން ނިންމުމާއި ގުޅިގެން އެ ރަށާއި ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ދޮންފަނު ހިއްކުމުން އަސަރުކުރާނެ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތަނަކީ ބައޮސްފެއާ ރިޒާވްއަކަށް ވާއިރު، އެތަނަކީ މުޅި ދުނިޔެއިން ވެސް ވަރަށް މަދުން ފެންނަ ފަދަ މަންޒަރުތައް ފެންނަ ސަރަހައްދެކެވެ. 539 ހެކްޓަރުގެ ބޮޑު ސަރަހައްދަކީ ފެހުރިއްސާއި އެންމަޑި ފަދަ ތަކެތި ކާނާ ހޯދުމަށް ޖަމާވާ ތަނެކެވެ.

ނަމަވެސް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިން ހިއްކުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު ނުހިންގަން ނިންމީ މަޝްވަރާ ވެސް ނުކޮށް ކަމަށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދޮންފަނު ކައުންސިލުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން ރައީސްގެ ނިންމެވުން ބަދަލުކުރައްވާ ރައްޔިތުން އެދިފައިވާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.