އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު
ހަބަރު
11 Sep 2025 | 11:22
ޒަރޫރީ ބައެއް ތަކެތި ހެޔޮއަގުގައި ވިއްކަން ނިންމުމުން އަމީރުގެ ނުހުރުހުން ސަރުކާރަށް

ރައްޔިތުންނަށް ދަތިވި ވަގުތުގައި ސަރުކާރުން ބައެއް ބާވަތްތަކުގެ މުދާ ހެޔޮއަގުގައި އެސްޓީއޯ މެދުވެރިކޮށް ވިއްކަން ނިންމުމުން އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވަނީ، އަސާސީ ބައެއް ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާ ކަަން ހާމަކުރައްވާފައެވެ. ރައީސް އެކަން އެގޮތަށް ކުރައްވަން ނިންމެވީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މި ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ސިޔާސަތުގެ ތެރެއިންކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅިގެން އަމީރު ވިދާޅުވެފައިވަނީ، އެކަމަށް ފުޑް ސެކިއުރިޓީ އޭ ނުކިޔާނޭ ކަމަށެވެ. ފުޑް ސެކިއުރިޓީ އަށް ވާނީ އަގުހެޔޮކޮށް ވިއްކުމަށް ފާހަގަކޮށްފައިވާ ބާވަތްތައް ރާއްޖޭގައި ހެއްދުމުންކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އަމަލުތައް މިހާރު ހުރީ އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ވަންނަންކަމަށް އަމީރު ވިދާޅުވިއެވެ.

ބާޒާރުގައި އަގުބޮޑުވެގެން ރައްޔިތުން ޝަކުވާއަކަށްވެފައިވާ ބައެއް ބާވަތްތަކުގެ މުދާ ސަރުކާރާ ރައްޔިތުންގެ ކުންފުނި އެސްޓީއޯއިން އެތެރެކުރުމަށް ނިންމީ ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި އެތަކެތި ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުތަކުން މީގެ ކުރިންވެސް ވަނީ މިފަދަ ހާލަތްތަކުގައި މި ބީދައިން އަމަލުކޮށްފައެވެ. އެގޮތުން ރޯދަމަހު ބިހާއި ފިޔާ އަދި އެނޫންވެސް ބާވަތްތަކުގެ އަގުތައް މައްޗަށް ދިއުމުން އެތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖެ އެތެރެކޮށް ވިއްކަމުންދިޔައީ އެސްޓީއޯއިންނެވެ. އެމްޑީޕީ ސަރުކާރުގައި ވޭތުވެދިޔަ ރޯދަމަސްތަކުގައި ލުނބޯ،ފިޔާ އަދި ބިހުގެ އިތުރުންވެސް ތަރުކާރީގެ ބާވަތްތައް އަގުބޮޑުވުމުން އެސްޓީއޯއިން ވަނީ އެތަކެތި އެތެރެކޮށް ހެޔޮއަގުގައި ވިއްކާފައެވެ. 

އެފަދަ ތަކެތި އެސްޓީއޯއިން ގެންނަނީ ހަމައެކަނި ބާޒާރުގައި އަގުތައް މައްޗަށް ދިއުމުން އެވަގުތަށް ހައްލުގެނައުމަށެވެ. އަގުތައް ހަމަޔަކަށް އެޅުމުން އެސްޓީއޯއިން އެތަކެތި ގެނައުން މަޑުޖައްސާލާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
އަމާން
ފުޑު ސެކިއުރިޓީ އޭ މނޖ ކިޔާނެ ކަމެއް ނެތް...މޭވާގެ ބާވަތްތައް އަތްނުފޯރާ ހިސާބަށް ގޮސް ސަރުކާރަށް ބަވާ މުޢިއްޒު އަށް ހޯބޯލަވާ ހެދީމާ ހެދިގޮތް ބަރާބަރު.އަގު ބޮޑުވެގެން އެވާހަކަ ގޮވީވސް އަމީރުމެން.
11 Sep 2025
އުދުހޭ ކޮކާ
ކިހާ ދެރަކަމެއް އަގު ބޮޑުވީމާ ވެސް ސަލާމަތެއް ނެތް އަދި އަގުހެޔޮވީމާވެސް ސަލާމަތެއް ނެތް...އަމީރު ބުނަން އަލަ އަގުހެޔޮ ކުރަން ގައްދޫ އަށް ގޮސް ގަމުގައި އަލަހައްދަބަލަ.
11 Sep 2025
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.