ޝަރުއީ ކޯޓް އިމާރާތެއްކަމަށްވާ ހައިކޯޓް..
ހަބަރު
11 Sep 2025 | 12:01
މާލީ ބާރު ހިނގާނޭ ނިޒާމެއް އޮތުމުން އިދާރީ ގޮންޖެހުންތަކުން އަރައިގަނެވި އަދުލުއިންސާފް އަވަސްވެގެންދާނެ: ޑީޖޭއޭ

ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ ބާރު ހިނގާނޭ ނިޒާމެއްގެ ތެެރެއިން ހަރަދުތައް ކުރެވޭގޮތަށް އޮތުމުން، މިހާރު ކުރިމަތިވެފައި ގޮންޖެހުންތަކުން އަރައިގަނެވި އަދުލުއިންސާފް ގާއިމްކުރުމަށް އަވަސްވެގެންދާނޭކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް، ޖުޑީޝަރީއަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުން ވަނީ ނިންމައި އެކަން އިއުލާނުކޮށްފައެވެ

ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅައި އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓެއްގެ ގޮތުގައި ދޫކޮށް،  ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދުކުރުމުގެ ފުރިހަމަ މިނިވަންކަން ދީ، ބަޖެޓުން ޝަރުއީ ދާއިރާއަށް މިހާރު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑު އަދަދެއް ލިބޭގޮތަށް ސަރުކާރުން ހަމަޖެއްސުމުން ޑީޖޭއޭއިން ވަނީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

ޑީޖޭއޭއިން ބުނީ މިއީ ޝަރުއީ ދާއިރާގެ ކުރިމަގަށް ލިބޭނޭ ވަރަށްބޮޑު ކާމިޔާބެއްކަމަށެވެ. މިކަމުގެ ސަބަބުން އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ކޯޓުތަކަށް އިދާރީގޮތުން ދިމާވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނޭކަން ވަނީ ފާހަގަކޮށްފައވެެ.

ކޯޓުތަކުގެ ޖާގަ ކުޑަވެ، އިދާރީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ކޯޓުތަކުން އަވަހަށް ނިޔާ ކަނޑައެޅުމުގައި ވަރަށްގިނަ ދުވަސްތައް ވާކަން އެ އިދާރާއިން އަބަދުވެސް ފާހަގަކުރެއެވެ. މީގެ އިތުރުން ކޯޓުތަކުން މައްސަލަތައް ބެލުން ލަސްވުމަކީ ރައްޔިތުންގެވެސް ވަރަށްބޮޑު ކަންބޮޑުވުން އޮންނަ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.