ދޮންފަނު މީހުން މުޒާހަރާ ކުރަނީ -- ފޮޓޯ: ނަޖެޓްޒް، ފޭސްބުކް
ހަބަރު
12 Sep 2025 | 18:33
ބިން ހިއްކަން ގޮވާލާ ދޮންފަނު ރައްޔިތުން މުޒާހަރާއަށް ކަނޑުމައްޗަށް

ސަރުކާރުން ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދިއުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލާ ދޮންފަނު ކައުންސިލުން އެރަށުގެ ފަރު ސަރަހައްދުގައި  މުޒާހަރާކުރަން ނިންމި ނިންމުމާއި އެއްގޮތަށް ރައްޔިތުން ނިކުމެ މުޒާހަރާ ކޮށްފި އެވެ.

އެރަށު ފަރު ސަރަހައްދުގައި މުޒާހަރާ ކުރި މީހުން ތިބީ ދޯނިތަކުގައި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންންނެވެ. އެ މީހުން ވަނީ ދޮންފަނު ބިންހިއްކުމަށްޓަކައި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ޕްރޮޖެކްޓުން ބިންހިއްކުމުގެބައި އުނިކޮށް ބިން ނުހިއްކާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.

ދޮންފަނު ކައުންސިލުން ބުނީ ސިލްސިލާ މި މުޒާހަރާތައް ކުރިއަށްދާނީ، ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކަމަށެވެ.

މުޒާހަރާ ކުރިއަށްދާއިރު، ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނުވާތީވެ، އިއްޔެ ފެށިގެން ދޮންފަނު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި އެއްވެސްފަރާތަކުން ފީނުމާއި އަދި ޑައިވުކުރުމަކީ މަނާކަމެއް ކަމަށާ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުންދާނެ ކަމަށެވެ.

ނަމަވެސް އެލްޖީއޭ އިން ރޭ ވަނީ އެ ނިންމުން ބާތިލުކުރަން އަންގާފަ އެވެ. އެއީ ކައުންސިލަށް އެންގޭނެ އެންގުމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ބ. ދޮންފަނުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިއުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވާފަ އެެވެ. އެ ނިންމެވުން ނިންމެވީ ވަރަށް ގިނަ ބަޔަކު އެ ނިންމުން ބަދަލުކުރަން ގޮވާލަމުންދާތީ އެވެ.

ދޮންފަނު ބިން ހިއްކަން ނިންމުމާއި ގުޅިގެން އެ ރަށާއި ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ދޮންފަނު ހިއްކުމުން އަސަރުކުރާނެ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތަނަކީ ބައޮސްފެއާ ރިޒާވްއަކަށް ވާއިރު، އެތަނަކީ މުޅި ދުނިޔެއިން ވެސް ވަރަށް މަދުން ފެންނަ ފަދަ މަންޒަރުތައް ފެންނަ ސަރަހައްދެކެވެ. 539 ހެކްޓަރުގެ ބޮޑު ސަރަހައްދަކީ ފެހުރިއްސާއި އެންމަޑި ފަދަ ތަކެތި ކާނާ ހޯދުމަށް ޖަމާވާ ތަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.