ޔުވެންޓަސް އާއި ބޮރޫސިއާ ޑޯޓްމަންޑް ވާދަކުރި މެޗުގައި ޑޯޓްމަންޑް އިން ގޯލެއް ޖަހައި އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ އިމޭޖެސް
17 Sep 2025 | 10:57
8 ލަނޑު ފެނުނު މެޗުގައި ޔުވެންޓަސް އާއި ޑޯޓްމަންޑަށް ލިބުނީ އެންމެ ޕޮއިންޓެއް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ޔުވެންޓަސް އާއި ބޮރޫސިއާ ޑޯޓްމަންޑް ދެމެދު ކުޅުނު މެޗް ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު 4-4 އިން އެއްވަރުވެއްޖެއެވެ.

ޔުވެންޓަސްގެ ޓިއުރިންގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމުނީ ލަނޑެއް ނުޖެހި ކަމުގައި ވީ ނަމަވެސް، ދެވަނަ ހާފްގައި ދެ ޓީމުން ޖުމްލަ 8 ލަނޑު ޖަހާފައިވެއެވެ.

މެޗުގެ 52 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ ކަރިމް އަޑެއެމީ ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. ނަމަވެސް ޔުވެންޓަސްގެ ތުރުކީ ފޯވާޑް ކެނަން ޔިލްޑިޒް ވަނީ ރީތި ފިނިޝިންއަކުން މެޗް އެއްވަރު ކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއްގެ ފަހުން ފެލިކްސް ންމެޗާ ވަނީ ޑޯޓްމަންޑަށް ލީޑް ހޯދައިދިން ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ހަތަރު މިނެޓް ފަހުން ޑުސަން ވްލަހޯވިޗް ވަނީ ޔުވެންޓަސް އަށް މެޗު އަނެއްކާވެސް އެއްވަރުކޮށްދީފައެވެ.

މެޗުގައި ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ވްލަހޯވިޗް އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ ފަހު މިނެޓްތަކާ ހަމައަށް ދިޔައިރު، ޔަން ކޯޓޯ އަދި ރާމީ ބެންސެބައިނީގެ ޕެނަލްޓީ ލަނޑާއެކު ޑޯޓްމަންޑް ވަނީ 4-2 ގެ ލީޑެއް ނަގާފައެވެ. ނަމަވެސް އިތުރު ވަގުތުގައި ޔުވެންޓަސް ވަނީ ކަމްބެކެއް ހަދައި މެޗުން އެއް ޕޮއިންޓް ހޯދާފައެވެ.

އެގޮތުން މި ކަމްބެކްގައި ވްލަހޯވިޗް އޭނާގެ ދެވަނަ ލަނޑު ޖެހުމަށްފަހު، ލޮއިޑް ކެލީއަށް ނަގައިދިން ރީތި ހުރަހެއްގައި ވަނީ ބޮލުން ގޯލުޖަހަން ފުރުސަތު ފަހިކޮށްދީފައެވެ.

މި ނަތީއްޖާއާ އެކު ދެ ޓީމަށް ވެސް އެއް ޕޮއިންޓް ލިބުނުއިރު، ޔުވެންޓަސް އިން ދެން ނުކުންނާނީ ރޭ އިނގިރޭސި ކުލަބް، ޓޮޓްނަމް އަތުން އެއް ލަނޑުން ބަލިވި ސްޕެއިންގެ ވިލަރެއަލްއާ ދެކޮޅަށެވެ. އަދި ޑޯޓްމަންޑް އިން ނުކުންނާނީ ސްޕެއިންގެ އެތްލެޓިކޯ ބިލްބާއޯ އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.