މީޑިއާ ކައުންސިލް... ފޮޓޯ: އެމްއެމްސީ
ހަބަރު
17 Sep 2025 | 19:32
ފާސްކުރީ މީޑިއާ ކޮންޓްރޯލްކުރާ ޤާނޫނެއް، ތަސްދީގު ނުކުރަން އެދިއްޖެ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް މިހާރު އޮތްގޮތަށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފިނަމަ އެ ބިލް ވެގެންދާނީ މީޑިއާ ކޮންޓްރޯލްކުރާ ޤާނޫނަކަށް ކަމަށް ނޫސްތަކުގެ ބަލަދުވެރިފަރާތުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުން އިއްޔެ މީޑިއާ ރެގިއުލޭޝަން ބިލް ފާސްކުރުމާ ގުޅިގެން ނޫސްތަކުގެ ބަލަދުވެރިފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން މީޑިއާ ބިލާގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެ ބިލް މަޖިލީހުން ފާސްކުރުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

އެމްއެމްސީން ބުނީ މި ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ، އެ ކައުންސިލުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ އެކި ޖަމިއްޔާތަކުން، މި ބިލަށް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ. އެހެނެއްކަމަކު އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކުރެއްވުމެއް ނެތި ބިލު ފާސްކުރައްވާފައިވާތީ، ބިލު ތަޞްދީޤު ނުކުރެއްވުމަށް އެދި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައިވާކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ، މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައި ދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި، ޤައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާ އެކު ދިރާސާކުރުމުގެ މަރުޙަލާއެއް ކުރިއަށް ގެންދިއުމަށް ކައުންސިލުން ތަކުރާރުކޮށް އެދެމުން އައިކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތައް ކުރިއަށް ގެންދިޔަކަމީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަ ކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމުގައި ދެކޭކަމަށާއި، މިހާރު އޮތްގޮތުން ބިލް ތަސްދީގު ކޮށްފިނަމަ ބިލް ވެގެންދާނީ މީޑިއާ ކޮންޓްރޯލްކުރާ ޤާނޫނަކަމަށްވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

އަދިއެއާއެކު ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތަޢާރަފްކުރުމުގެ ފުރުޞަތު ފަހިވެގެން ދާނޭކަމަށެވެ. އަދި ކޮންމެ ޑިމޮކްރަސީއެއްގެ ވެސް އަސާސީ ތަނބެއްކަމުގައިވާ މިނިވަން ނޫސްވެރިކަމުގެ ތެރެއިން، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަޙްޤީޤީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން، ހުއްޓުވުމަށް ބާރު ލިބިގެން ދާނޭކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ މި ބިލު ތަސްދީޤުކުރުމާ އެކު، މުއައްސަސާއެއްގެ ގޮތުގައި އެ ކައުންސިލް އުވިގެންދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.