ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެ. ކެޔޮދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Sep 2025 | 10:10
12 ހެކްޓަރުގެ ބިން ހިއްކައި، ކެޔޮދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭނަން: ރައީސް

ވ. ކެޔޮދޫގެ ބިން ހިއްކުން ފެށުމާއެކު އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް، މި އަންނަ އަހަރުގެ ކުރީކޮޅު ބަހައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، މިހާރު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެޔޮދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވޮ ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓުން އެ ރަށުގެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ސިއްޚީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުނު ނަމަވެސް، އެ ރަށަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދުފުޅު ކަމުގައިވާ ބިން ހިއްކުމުގެ މަޝްރޫޢުގެ މަތިން ހަނދާން ނުނެތޭކަމަށެވެ.

އަދި އެ މަސައްކަތް މި އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅައިގެން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ، 12 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ވެސް އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި، ހަމަ އެންމެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އެ ވަޢުދު ފުއްދުމަށްޓަކައި މިރަށަށް 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްދޭނަން. އެކަމުގެ ޔަގީންކަން ދެން.

 ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެ ރަށުގެ ބިމުގެ ޖާގައަށް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، އެކަމަކީ އެކަމުގެ ސަބަބުން ކުރިއެރުން ލިބޭ ވަރަށް ގިނަ ކަންކަމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. 

އެއާއެކު އެރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާވެފައިވާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެކަންތައް ކުރިޔަށްގެންދިޔުމަށް އެމަނިކުފާނުގެ ސިޔާސަތާއި އެއްގޮތްވާ ގޮތަށް ލޯނު ސްކީމުތައް ވެސް ދޫކުރާ ކަމަށެވެ.

އަދި އެ ވިޔަފާރިއަށް ޢާންމުން ވަނުމަށް ސަރުކާރުން މަރްޙަބާ ވެސް ކިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ކުރިއެރުވުމަށް މި އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެ ރަށުގައި  ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭންކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެހެންވީމާ މިރަށުގައި ލޯކަލް ޓޫރިޒަަމް އިތުރަށް ކުރިއެރުވުމަށްޓަކައި އަދި މިހާރު ވެސް މި ދާއިރާއިން ކުރިޔަށްދާ ފަރާތްތަކަށް އިތުރަށް މި ދާއިރާގައި ކުރިއެރުން ހޯދުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި، މި އަންނަ އަހަރުގެ ކުރީކޮޅު، މާޗް މަހުގެ ކުރިން މި ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭންކަމުގެ ޔަގީންކަން ވެސް ދެން.

 ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެރަށަށް ސަރުކާރުން މިއަދު ފެށި އަދި މި އަންނަ އަހަރު ކުރިޔަށްގެންދަން ނިންމާފައިވާ ހުރިހާ މަޝްރޫއަކީ ވެސް ވަރަށް އިސްކަންދީގެން ކުރިޔަށްގެންދާނެ މަޝްރޫއުތަށް ކަމަށެވެ. 

ރައީސް އެފަދައިން ވިދާޅުވިއިރު، އެ ޖަލްސާގައި މިއަދު ވަނީ އެ ރަށުގެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ސިއްޚީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ. އެ ދެ އެއްބަސްވުމުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރިއިރު، ސްކޫލުގެ އައު އިމާރާތުގެ މަަސައްކަތުގެ އެއްބަސްވުމުގައި ތައުލީމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ލަތީފް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓެޔާޑް. އަޙްމަދު ސަޢުދީއެވެ.

މީގެ އިތުރުން އެރަށުގެ ސިއްޚީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްޚާތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެެވެ. އަދި ދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓެޔާޑް. އަޙްމަދު ސަޢުދީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.