ދިވެހި ޕްރިމިއާ ލީގްގައި ނިއުއާ ޓީސީ ބައްދަލުކުރިމެޗްގެ ތެރެއިން -- ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
20 Sep 2025 | 11:29
ލީގު ފެށިފަހުން ދިވެހި ލީގުގެ ވެބްސައިޓު ހަދަން ހުޅުވާލައިފި

ދިވެހި ޕްރިމިއާ ލީގު ފެށިތާ ދެ ދުވަސް ފަހުން، އެ ލީގުގެ ވެބްސައިޓު ހަދަން އެފްއޭއެމް އިން އިއުލާނުކޮށްފިއެވެ.

ގާތްގަޑަކަށް ދެ އަހަރުގެ މެދުކެނޑުމުކަށްފަހު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފަށާފައެވެ.

އެހެން ނަމަވެސް އެފްއޭއެމް އިން ރޭ ކުރި އިއުލާނުގައި ވަނީ، ދިވެހި ޕްރިމިއާ ލީގުގެ ވެބްސައިޓު ފަރުމާކޮށް ޑެވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައެވެ. މި އިއުލާނުގައި ބުނާ ގޮތުން އެ ލީގުގެ މައުލޫމާތާއި، ޓީމުތަކާއި ކުޅުންތެރިންނާއި، މެޗުތަކުގެ މައުލޫމާތުގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ހިމެނޭ ގޮތަށް ވެބްސައިޓް ފަރުމާކުރަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނާ ގޮތުން ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާއިރު ބެލުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ތަޖުރިބާ އަދި ޕޯޓްފޯލިއޯ, ޓެކްނިކަލް ކެޕޭސިޓީ އަދި އީޖާދީ ވިސްނުން ހިމެނެއެވެ. އެ ބީލަމަށް ޕްރޮޕޯޒަލްތައް ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ ހޮނިހިރު ދުވަހެވެ.

ދިވެހި ޕްރިމިއާ ލީގްގެ ރަސްމީ ވެބްސައިޓް ހެދުމަށް އެފްއޭއެމުން ހުޅުވާލިއިރު، ދިވެހި ފުޓްބޯޅައިގެ ހާލަތު އޮތީ ވަރަށް ދަށުގައިކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.