އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން، ކުރީގެ ރައީސް ޔާމީން އަދި ޔާމީނުގެ ކުރީގެ ނައިބު ރައީސް --
ހަބަރު
21 Sep 2025 | 15:47
ސަރުކާރު ޖަވާބުދާރީކުރުވަން ޕީއެންއެފްއާއެކު ވެސް މަސައްކަތްކުރެވޭނެ: އިމްރާން

މި ސަރުކާރު ހަމަ މަގުން ކައްސާލައިފައިވާކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ޕީއެންއެފް އަދި އެމްޑީޕީއާ އެކު ވެސް އަދާލާތު ޕާޓީއަށް މަސައްކަތްކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވެފައިވަނީ، ގެ ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަޢުވަތު ދެއްވާފައިވަނިކޮށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔާމީންގެ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އެމްޑީޕީ އާއި އެހެން ޕާޓީތަކުން ވެސް ޕީއެންއެފްއާއެކުގައި މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވައިފައެވެ.

އަޅުގަޑު ހިތްވަރު ދެން އިނގޭތޯ އެމްޑީޕީއަށްވެސް ސަރުކާރުން ޒިންމާދާރުކުރވަން މަސައްކަތްކުރަން. ކޮންމެ ޕާޓީއަކަށްވެސް އަޅުގަޑުމެންނާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވަން މސައްކަތްކުރެވޭނެ. އެއީ ކޮންމެ ހިޔާލު އެއް ގޮތްވެގެން ނެތް ނޫން. އެއީ ސަރުކާރު ޒިންމާކުރުވާ ޖަވާބުދާރީ ކުރުވަން ގާނޫނު އަސާސީއިން މަތިކުރަނީ ސިޔާސީ ޕާޓީތަކާ ކަމަށް ވެސް ވުމުން. އަޅުގަޑުމެންނާ އެކު ހުރިހާ ޕާޓީތަކަށް މިކަމުގައި މަސައްކަތްކުރެވޭނެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ވިދާޅުވުމަށް އިޝާރަތްކުރައްވަމުން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ފަލްސަފާ އާއި ޤަބޫލުކުރާ ހަމަތައް އެއްހަމަވުން ނޫން ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް، ސަރުކާރު ޓްރެކުން ކައްސާލާނަމަ އިދިކޮޅު ޕާޓީތަކުން އެވާހަކަ ދައްކަންޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިޝާރަތްކުރައްވައި އިމްރާނު ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފައްދާފައި އެޕާޓީތަކަށް މަތިކޮށްފައި އޮތް ޒިންމާއެއް އެބައޮތް ކަމަށާއި، ރައީސް ޔާމީން ފާހަގަކުރެއްވީ އެކަން ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ޤަބޫލޫކުރަން. ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ، ރައީސް ޔާމީން ވިދާޅުވި ފަދައިން އެއީ ޕާޓީތަކުގެ ޒިންމާއަކީ. ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީތަކަށް މަތި ކޮށްފައި އޮތް ޒިންމާއެއް އެބައޮތް.

 އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ 

އަދި އެ ޒިންމާ އަދާކުރުމުގައި އަަދާލަތު ޕާޓީ އޮންނާނެ ކަމަށާއި، އެކަމުގައި އެހެން ޕާޓީތަކާއެކު ވެސް އެޕާޓީން މަސައްކަތްކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ރައީސް ޔާމިނާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ޔާމީނުގެ ވެރިކަމުގައި އިމްރާނުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އޭގެ ފަހުން އައި އެމްޑީޕީ ވެރިކަމުގައި އިމްރާނު ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރު، ރައީސް ޔާމީނު ޖަލުގައި ދުވަސްތައް ހޭދަކުރެއްވިއިރު،  އެމްއެމްޕީއާރުސީ މައްސަލާގައި އިމްރާން ވަނީ ރައީސް ޔާމިނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

އެގޮތުން ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ކުރެއްވި ހުރިހާ ގޯސްކަމެއް ރައީސް ޔާމީނު އިމްރާނުގެ ބޮލުގައި އެޅުވިކަމަށް މީގެކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.