ސްޓިޕެންޑިއަމް ހަންގަރިކަމް ޕްރޮގާރުމުގެ އެއްބަސްވުމުގައި ރާއްޖެއާއި ހަންގޭރީން ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: ޚާރިޖީ ވުޒާރާ
ހަބަރު
23 Sep 2025 | 12:45
ހަންގޭރީގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރަކު 25 ސްކޯލާޝިޕްގެ ފުރުސަތު

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ވެވުނު "ކޯޕަރޭޝަން ވިދިން ދަ ފްރޭމްވަރކް އޮފް ދަ ސްޓިޕެންޑިއަމް ހަންގަރިކަމް 2025-2027" އެއްބަސްވުމުގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން، މި އަހަރުން ފެށިގެން 2027 އަށް، ކޮންމެ އަހަރަކު 25 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް ދެވޭނެއެވެ. މީގެ ތެރޭގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޕްރޮގްރާމްތައް ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ އދ.ގެ 80 ވަނަ އާންމު ޖަލްސާގެ ހަވާސާގެ ތެރެއިންނެވެ.  އެގޮތުން ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ވަޒީރު، ޕީޓަރ ސިޖާޓޯއެވެ.

ސްޓިޕެންޑިއަމް ހަންގަރިކަމް ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ދަރިވަރުންނަށް ހަންގޭރީގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ހަންގޭރީގެ އިޖްތިމާޢީ އަދި ސަޤާފީ ދިރިއުޅުމުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. އަދި ޔޫރަޕަށް މުހިންމު ވަކި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތުވެސް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދެއެވެ.

ހަންގޭރީ ސަރުކާރުން މި ޕްރޮގްރާމް ދުނިޔޭގެ އެކި ގައުމުތަކާއެކު ކުރިއަށް ގެންދެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ