ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް.. ފޮޓޯ: ވޮއިސް
ހަބަރު
23 Sep 2025 | 18:20
އަހަރުގެ މިހާތަނަށް ދަރަނި އަނބުރާ ދެއްކުމަށް ރެކޯޑް އަދަދެއް ހޭދަކޮށްފި

އެކި ފަރާތްތަކުން ނަގާފައިވާ ދަރަނިތައް އަނބުރާ ދެކުމަށް އަހަރުގެ މިހާތަނަށް ރެކޯޑް އަދަދަކަށް ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި މިހިނގާ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ވަނީ 4.3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 124.4 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދަރަނި ދެއްކުމަށް ކުރި ހޭދަ އުޅެނީ 1.9 ބިލިއަން ރުފިޔާގައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް ކުރި ހޭދަ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދައުލަތުން މީގެ ކުރިން ނަގާފައިވާ ލޯނުތަކަށް މިމުއްދަތުގެ ތެރޭގައި އިންޓަރެސްޓްގެ ގޮތުގައި ކުރި ހޭދަ އިތުރުވުމެވެ. އަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް ކުރި ހޭދަ އިތުރުވެގެން ދިޔައިރު، ސިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި އަނބުރާ ދައްކަން ޖެހުނު ލޯނެއްގެ މުއްދަތު އިތުރުކުރިކަން ހާމަކޮށްފައެވެ. މިމަހުގެ 18 ވަނަ ދުވަހަށް ހަމަވި އެ ލޯނަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލެކެވެ. މި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފައިވަނީ އިންޑިއާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރި މަޝްވަރާތަކަށްފަހުއެވެ.

ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އަންނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ވިއްކާފައިވާ ސަވަރިން ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.