ނ. ކެނދިކުޅުދޫގެ ހިތްގައިމު މަންޒަރު -- ފޮޓޯ:މޯލްޑިވްސް ވާޗުއަލް ޓުއާ
ހަބަރު
24 Sep 2025 | 10:21
ކެނދިކުޅުދޫ ގޮނޑުދޮށަށް ކުނި އަޅައި ކުނި އަންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ނ. ކެނދިކުޅުދޫގެ އަތިރިމައްޗަށް ކުނި އަޅާ މައްސަލައާއި، އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުނި ރޯކޮށް އަންދާ މައްސަލައިގައި އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ރޭ ވަކިވަކިން ކުރި ދެ އިއުލާނެއްގައި ބުނީ، ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އެޅުމުގެ ސަބަބުންނާއި ފަތްކުނި ގިނަވުމުގެ ސަބަބުން އުފެދިފައިވާ ކުނި ގޮނޑުތައް ނަގާއި، ރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ފަހުގެ ތާރީޚެއްގައި ވަނީ ސާފުކޮށްފައި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ކުންޏާއި އަދި އެނޫންވެސް އެހެނިހެން ތަކެތި ހޭޅިފަށަށްނެރެ ބަހައްޓައި، ސާފުކޮށްފައިވާ ސަރަހައްދު ގޮނޑު ކުރަމުންދާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބޭ ކަމަށް އިއުލާނުގައި ބުންޏެވެ.

އަދި އެކަމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނާއި އެ ކައުންސިލުގެ ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދުގެ ދަށުން މަނާކަމެއް ކަމެއް ކަމަށް ބަޔާންކޮށްފައިވާއިރު، އެ ރަށުގެ ހޭޅިފަށާއި ގޮނޑުދޮށުގައި އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއް އަދި އެއްވެސް އެއްޗެއް ބަހައްޓާފައިވާނަމަ މި އަންނަ ބުރާސްފަތީގެ ކުރިން އެތަކެތި ނެގުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުނި ރޯކޮށް އަންދާ މައްސަލައިގައި އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ، އާންމުންގެ ޙިޔާލާ މަޝްވަރާގެ މަތިން، ކެނދިކުޅުދޫގައި ކުނި މެނޭޖްކުރުމަށް ލުޔެއް ދިނުމުގެ ގޮތުން އެ ކައުންސިލުން މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ވަގުތުތަށް ފިޔަވައި، ވަކި ވަގުތެއް ބެލުމެއްނެތި އެކިތަންތަނުގައި އަލިފާން ރޯކޮށް ކުނިއެންދުމާއި، ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތައް ސާފުކުރުމަށްފަހު ކުނި ނައްތާލުމުގެ ބޭނުމުގައި، ވަކި ވަގުތަކަށް ބެލުމެއް ނެތި ކުނި އެންދުން ޢާންމު ވެފައިވާ ކަމަށެވެ. 

ނ. ކެނދިކުޅުދޫގެ ހިތްގައިމު މަންޒަރު -- ފޮޓޯ:މޯލްޑިވްސް ވާޗުއަލް ޓުއާ

އަދި އަވަށުތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދު ތަކުގައިވެސް އަލިފާން ރޯކޮށް ކުނިއަންދަމުންދާތީ އެކަމުގެ ޝަކުވާ ތަކުރާރުކޮށް އެ ކައުންސިލަށް ލިބޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. 

އެހެންކަމުން މިއަދުން ފެށިގެން އެ ކައުންސިލުން ދީފައިވާ ޚާއްސަ ހުއްދައާއި ހިލާފަށް ރޯކުރާ ގެވަޅުތަކުގައި އަދި މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ވާ ގެވަޅުތަކުގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމަށް ކައުންސިލުގެ އިއުލާނުގައި ބުންޏެވެ. 

 ކައުންސިލުން "ހުކުރު ދުވަހު ހެނދުނު ގެވަޅުތަކުގައި ފަތްކުނި އެންދުމަށް" ދޫކޮށްފައިވާ ހުއްދައަކީ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ އެއްވެސް ތަނަކަށް ދެވިފައިވާ ޙާއްސަ ހުއްދައެއް ނޫންކަމުން، އެފަދަ އެއްވެސް ތަނެއްގައި ރޯކުރުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދިހަމައެހެންމެ، މިއަދުން ފެށިގެން ކައުންސިލުން ދީފައިވާ ޚާއްސަ ހުއްދައާއި ހިލާފަށް ރޯކުރާ ގެވަޅުތަކުގައި އަދި މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ވާ ގެވަޅުތަކުގައި އަލިފާން ރޯކުރުމަކީ މަނާކަމެއްކަމާއި، އަދި މިއުސޫލުން ބޭރުން އެފަދަ ކަންކަން ތަކުރާރުވަމުން ދާނަމަ ދީފައިވާ ހާއްސަ ހުއްދަ ބާތިލުކޮށް، މިފަދަގެވަޅުތަކުގައި ރޯކުރުން މަނާ ގެވަޅެއްގެ ގޮތުގައި ކަނޑައެޅުމަށް ކައުންސިލުގެ 152 ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ.

ނ. ކެނދިކުޅުދޫ ކައުންސިލް

އެހެންކަމުން ކައުންސިލުން ވަނީ އެފަދަ ކުށްތައް ކުރާ ފަރާތްތައް ފާހަގަކޮށް،ވއެފަރާތްތަކާއި މެދު ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި