ފިނޭންސް މިނިސްޓްރީ ހުންނަ ޢިމާރާތް -- ފޮޓޯ: ރައީސް އޮފީސް
ވިޔަފާރި
24 Sep 2025 | 11:42
އަންދާޒާކުރި އަދަދަށް ހިލޭ އެހީ ނުލިބުނަސް، ލިބުނު އާމްދަނީ އިތުރުވެއްޖެ

މިދިޔަ އަހަރުގެ މިހާތަނަށް ސަރުކާރާށް ލިބުނު އާމްދަނީއަށް ވުރެ މި އަހަރުގެ މިހާތަނަށް ސަރުކާރަށް ލިބުނު ޢާމްދަނީ އިތުރުވި ނަމަވެސް، ހިލޭ އެހީގެ ގޮތުގައި ސަރުކާރުން އަންދާޒާކުރި މިންވަރުގެ 10 އިންސައްތަ ވެސް މިހާތަނަށް ނުލިބޭކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފއެވެ.

ފިނޭންސްގެ ފިސްކަލް ޑެވެލޮޕްމެންޓުގެ ހިސާބުތަކުން މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 20.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 19.7 ބިލިއަން ރުފިޔާއެވެ. މިއީ 6.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އަށް ވެސް ބޮޑު ކުރިއެރުމެއް ލިބުނުއިރު، މި އަހަރުގެ މިހާތަނަށް ވަނީ 6.2 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ ލިބުނު އާމްދަނީގެ 5.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 14.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އެހެން ނަމަވެސް، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރާ އަޅާބަލާއިރު މިހާތަނަށް ލިބިފައިވާ މިންވަރު ވަރަށް ބޮޑުތަނުން ވަނީ ދަށަށް ގޮސްފައެވެ. މިގޮތުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 212 މިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި މިންވަރުގެ 10 އިންސައްތައަށްވުރެވެސް ދަށް އަދަދެކެވެ.

ކަން މިހެން އޮތް ނަމަވެސް، މި އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓުގެ 75 އިންސައްތަ މިހާތަނަށް ބޭނުންކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ވަނީ ދައްކާފައެވެ. އެގޮތުން އެ ހިސާބުތަކުން ދައްކާ ގޮތުން، މިއަހަރު އާސަންދައަށް ކަނޑައެޅި 1.85 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.39 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިއީ އާސަންދައަށް ކަނޑައެޅި ބަޖެޓުގެ 75 އިންސައްތައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 96.9 މިލިއަން ރުފިޔާ ނުވަތަ 7.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ސަރުކާރުގެ މައިގަނޑު ޚަރަދުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ސަބްސިޑީތަކަށް ކުރާ ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި 2.84 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މިއަހަރުގެ މިހާތަނަށް އެ ހޭދަތައް ވަނީ 2.25 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 20.8 އިންސައްތައިގެ ދަށްވުމެކެވެ.

އެހެންނަމަވެސް، ލޯނު އަނބުރާ ދެއްކުމަށް ކުރާ ޚަރަދު ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް 1.93 ބިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، މިއަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 4.32 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައެވެ. މިއީ 124.2 އިންސައްތައިގެ އިތުރުވުމެކެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ބައެއްގެ ގޮތުގައި ހިމެނޭ މުސާރަ، އުޖޫރަ އަދި ޕެންޝަނަށް މިއަހަރު މިހާތަނަށް 9.59 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 9.01 ބިލިއަން ރުފިޔާގައެވެ. މިއީ 6.4 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން މުސާރައާއި އުޖޫރައަށް އެކަނި 4.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 6.9 އިންސައްތަ އިތުރު އަދަދެކެވެ.

ސަލާމަތީ ބާރުތަކަށް ބަލާއިރު، ފުލުހުންނަށް ކުރި ޚަރަދު މިއަހަރު 1.67 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައު ކުރި ޚަރަދުތަކަށް ވުރެ 6.45 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ސިފައިންގެ ޚަރަދު ވަނީ 21.6 އިންސައްތަ ދަށްވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ 1.79 ބިލިއަން ރުފިޔާ ސިފައިންނަށް ޚަރަދުކުރިއިރު، މިއަހަރުގެ މިހާތަނަށް ސިފައިންނަށް ޚަރަދުކޮށްފައިވަނީ 1.41 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ