ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލު އދ ގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓީ: ޚާރިޖީ ވުޒާރާ
ހަބަރު
28 Sep 2025 | 11:03
އދ. ގައި ޚާރިޖީ ވަޒީރު ގޮވާލެއްވީ ޣައްޒާއަށް އިންސާފު ހޯދައިދީ ވީޓޯ ބާރު އުވާލުމަށް

ޔަހޫދީ ނިރުބަވެރި ދައުލަތް އިޒްރޭލުން ޣައްޒާގައި ހިންޤާ ގަތުލްޢާންމު ކުށްވެރިކުރައްވައި، އދ ގެ ސެކިއުރިޓީ ކައުންސިލު ވީޓޯގެ ބާރުން "ޕެރެލައިޒްވެފައި" އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އދ. ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރޭ، އެމެރިކާގައި ހުންނަ އދ.ގެ މައި އިމާރާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ ނަސްލު ނައްތައިލުމުގެ ޢަމަލުތަކެއް ކަމަށާއި، މިއީ ޤަރުނުގެ އެންމެ ބޮޑު ކާރިސާ ކަމަށެވެ.

އެގޮތުން އިޒްރޭލުން ބައިނަލްއަޤްވާމީ ޤާނޫނުތައް ތަކުރާރުކޮށް ޚިލާފުވެފައިވާކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވަނީ ސެކިއުރިޓީ ކައުންސިލާއި ޖެނެރަލް އެސެމްބްލީން ނިންމާފައިވާ ސަތޭކަ އެތައް ޤަރާރަކަށް އިޙްތިރާމް ނުކުރާ ކަމަށާއި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކަށް ވެސް އިޒްރޭލުން ތަބާނުވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި އެކަމުން ދައްކުވައިދެނީ ފަލަސްޠީނު ރައްޔިތުންނަކީ އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، ދިރިހުރުމުގެ ޙައްޤު ލިބިގެންވާ ހަމަހަމަ އިންސާނުންގެ ގޮތުގައި އިޒްރޭލުގެ ވެރިން ނުދެކޭކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އިންސާނީ ޙައްޤުތަކަށް ތިމަންނަމެން ތާއީދުކުރަމޭ ބުނެ އުޅުނު ޤައުމުތަކުން މިހާރު އެ ޙައްޤުތައް ނިގުޅައިގަތުމަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އދ. ގެ ސެކިއުރިޓީ ކައުންސިލަށް އަވަސް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި މެންބަރުން އިތުރުކުރުމާއި، ކުދި ޖަޒީރާ ޤައުމުތަކަށް ވަކި ގޮނޑިއެއް ކަނޑައެޅުމާއި، ވީޓޯ ބާރުގެ ނަހަމަ ބޭނުންކުރުން ހުއްޓުވުމާއި، މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ ނިޒާމު ތިން ގޮތަކުން ބަލިކަށިވަމުންދާ ކަމަށް ވަޒީރު އިންޒާރު ދެއްވިއެވެ. އެގޮތުން، ބާރުގެ ބޭނުންކޮށްގެން ސަރަޙައްދީ ބޮޑުމިން ބަދަލުނުކުރެވޭނެ ކަމުގެ އުސޫލު ގެއްލެމުންދާ ކަމަށާއި، ބާރުވެރި ޤައުމުތަކުން މިނިވަންކަމާއި ސަރަޙައްދީ ސަލާމަތަށް އިޙްތިރާމްކުރުން އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދެކެމުންދާ ކަމަށާއި، ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު މަސައްކަތްކުރުމުގެ ނިޒާމަށް ނުރައްކާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކުން ކުރިމަތިލާންޖެހޭ މޫސުމީ ބަދަލުތަކާއި، ދަރަނީގެ ބުރައާއި، ގެއްލުމާއި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވެސް ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޕެރިސް އެއްބަސްވުމާއި، 2030 އެޖެންޑާއާއި، އެޑިސް އަބާބާ އެކްޝަން އެޖެންޑާގެ ދަށުން ވެފައިވާ ވަޢުދުތައް ފުރިހަމަނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.