އިކޮނޮމިކް މިނިސްޓަރު ސައީދު ޕީއެސްއެމް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.. ފޮޓޯ: ދައުލަތުގެ މީޑިއާ
ހަބަރު
28 Sep 2025 | 23:23
އެމްއެމްޕީއާރުސީގެ ވައްކަންތައް ބެލުމުގެ ބަދަލުގައި އެމްޑީޕީން ހެދީ ޑީލް: ސައީދު

ޕީޕީއެމް ވެރިކަމުގައި ދައުލަތް ލޫޓުވައި، ވައްކަންކުރުން ހައްދުން ނައްޓައިފިކަމަށް ބުނެ، އެމްޑީޕީން ވެރިކަމަށްއައިސް އެންމެފަހުން ފެނިގެންދިޔައީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައިވެރިންނާއެކު ޑީލްހެއްދެވި މަންޒަރުކަމަށް، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ފެނަކަ ކުންފުނީގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދައުލަތް ލޫޓުވުމުގެ ވާހަކަ އެމްޑީޕީން ދައްކާއިރު، އެޕާޓީގެ ވެރިކަމުގައި އަމަލުތައް ފެނިގެންދިޔައީ ދިމާއިދިކޮޅަށް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާނޭކަމަށް ވެރިކަމަށް އައި ޕާޓީގެ ފަރާތުން ފެނިގެންދިޔައީ މުޅިން އެހެން މަންޒަރެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީން އެންމެ އަޑުހަރުކޮށް ދެއްކި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ކަމަށާއި، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، ރައީސް ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު، ވައްކަމުގެ އެއްވެސް މައްސަލައެއް ބެލިފައިނުވާކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ޞާލިހު އަތްޕުޅުގައި ހުރިހާ ބާރެއް ޖަމާކޮށްފައި އޮތް އިނގޭތޯ އެންމެ މައްސަލައެއް ވެސް ބެލުނުތޯ. އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގެ ބަދަލުގައި ޑީލެއްގެ ތެރެއިން އެކަން ދިޔައީ ނޫންތޯ އޮއްބާލައިގެން. އޭރު އެ ބޭފުޅުން އަތްޕުޅު ނޫންތޯ ހުރިހާ ބާރެއް އޮތީ އެހެންވީމާ ތަނެއް ލޫޓުވުން ނުވަތަ ތަނެއް ވައްކަން ގިނަވެގެން ކަންބޮޑުވެގެން އަންނަ ބަޔަކު އައިސް އެންމެ ފުރަތަމަ ބަލަންޖެހޭ ކަންތައްތައް ނުބަލައެއް ނޫންތޯ.

މިނިސްޓަރު ސައީދު ވިދާޅުވިއެވެ

ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ފެނަކައިގެ ތެރޭގައި އުސޫލާ ހިލާފަށް ހިނގާދިޔަ ކަންކަމުގެ ވާހަކަ އޭސީސީ ފަދަ ކަމާބެހޭ މިނިވަން މުއައްސަސާތަކުން ދެއްކިނަމަވެސް އެ މައްސަލަތައް ބެލިފައިނުވާކަމަށެވެ. މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނޭ ކަމަށާއި، މިއަދު އެ މުއައްސަސާތަކުން ހިޔާނާތާގުޅޭ މައްސަލަތައް މިނިވަންކަމާއެކު ބަލަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އެމްޑީޕީ ވެރިކަމުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމުގެ ބަދަލުގައި ޑީލް ހެއްދެވިކަމަށް ސައީދު ވިދާޅުވިއިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކޯޓުން ހުކުމްކުރި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތަށް ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކްފާނު ވަނީ އެބޭފުޅުންގެ އަދަބު ލުއިކޮށްދެއްވައި މައާފްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.