ސިވިލް ކޯޓު ހުންނަ އިމާރާތް
ހަބަރު
29 Sep 2025 | 21:32
ފެނަކައިން ފައިސާ ނުދެއްކުމުން ސިވިލްކޯޓުން 3.8 މިލިއަން ރުފިޔާ އެލްފިއަށް ނަގައިދީފި

ފެނަކައިން އަމިއްލަ ކުންފުންޏެއްކަމަށްވާ އެލްފި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ އެންމެފަހުން ސިވިލްކޯޓު މެދުވެރިކޮށް އެ ފައިސާ ނަގައިދީފިއެވެ.

އެ ފައިސާ އެލްފިއަށް ނަގައިދީފައިވަނީ، ސިވިލްކޯޓުން މީގެ ކުރިން ފައިސާ ދެއްކުމަށް ހުކުމްކުރުމުން އެ ހުކުމާ އެއްގޮތަށް ފަނަކައިން އަމަލުކޮށްފައިނުވާތީ، ހުކުމް ތަންފީޒު ކުރުމަށް އެލްފިން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ފެނަކައަށް ވިއްކި މުދަލަށް ދޭންޖެހޭ ފައިސާ ނުދީގެން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމުން ކޯޓުން ފެނަކައިގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. ފެނަކައިގެ މައްޗަށް ކޯޓުން ހުކުމް ކުރީ މެއިމަހުގެ 15 ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 3.8 މިލިއަން ރުފިޔާ ދައްކައި ހަލާސްކުރުމަށެވެ. ނަމަވެސް މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް ފެނަކައިން އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އެންމެފަހުން ޖުލައިމަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފެނަކައިގެ އެކައުންޓް ހިފަހައްޓައި ސިވިލްކޯޓަށް އެފައިސާ ޖަމާކޮށްފައިވަނީ އޮގަސްޓްމަހުގެ 3 ވަނަ ދުވަހެވެ. އަދި ކޯޓުން އެލްފިގެ އެކައުންޓަށް އެފައިސާ ޖަމާކޮށްފައިވާކަން މިއަދު އެކުންފުނިން އަންގާފައިވާކަމަށްވެސް ސިވިލްކޯޓުން މިއަދު ގަޒިއްޔާ ނިންމި ހުކުމްގައި ވަނީ ބަޔާންކޮށްފައެވެ.

ފެނަކައިގެ ދަރަނި އެތައް ބިލިއަން ރުފިޔާއަށް އަރާއިރު، އެކުންފުނިން އަމިއްލަ ވަރަށް ގިނަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ހުރިކަމަށާް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.