ގާސިމް އިބްރާހީމް
ހަބަރު
03 Oct 2025 | 10:39
އެމްޑީޕީން ކުރަން އެއުޅެނީ ފަނާކުރަނިވި މުޒާހަރާއެއް: ގާސިމް

އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއިން ނުކުންނާނެ ހެވެއްނެތް ކަމަށާއި، ޖުމްހޫރީ ޕާޓީން އެކަމުގައި ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

ލޫޓުވައިފި ލޫޓުވައިފި ނަމުގައި އެމްޑީޕީން މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ މުޒާހަރައާ ގުޅޭގޮތުން އެކްސްގައި ގާސިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، މިއަދު ބަޔަކު ބޭއްވުމަށް ތައްޔާރުވަމުންދަނީ ބިނާކުރަނިވި ކަމެއް ކުރުމުގެ ނިޔަތުގައި ކުރިއަށްގެންދާ ހަރަކާތެއް ނޫންކަމަށާއި އެއީ ފަނާކުރަނިވި މުޒާހަރާއެއްކަމަށެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީން ކުރަން އެއުޅެނީ ވެރިކަން ހޯދަންވެގެން ކުރަން އުޅޭ ބޮޑު ނުބައިކަމެއްކަމަށާއި، ޤައުމަށް މިހާރު ދިމާވެފައިވާ ދަރަނިވެރި ހާލަތުން އަރައިގަތުމަށް ކަމެއް ކޮށްދިނުމުގެ ނިޔަތެއް އެމީހުންގެ ނެތްކަމަށެވެ. އަދި އެމީހުން އެއުޅެނީ ފިތުނަ އުފައްދައި، މި ވެރިކަމުގައި ޤައުމަށް ހެވެއް ވެދާނެތީ އެކަން ހުއްޓުވަންކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރަށް ކުރަންޖެހިފައިވާ ކަމަކީ އިސްވެދިޔަ ވެރިކަންތަކުގައި ނަގާފައިވާ ދަރަނިތައް އަދާކުރުން ކަމަށާއި، ޤައުމަށް ލިބޭ ފައިސާގެ ބޮޑު ބައެއް ހޭދަވަނީ އެ ދަރަނިތައް ދެއްކުމަށްކަމަށެވެ. އެގޮތުން ގައުމު ބަނގުރޫޓްވިޔަ ނުދިނުމަށް އިތުރު ޓެކްސްތައް ނަގައިގެންވެސް އެއީ ކުރަންޖެހޭ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ހިޔާނާތުގެ މައްސަލާގައި ގާސިމް ވިދާޅުވީ ކުރީ ސަރުކާރުތަކުން ހިޔާނާތްތައް ހިންގިނަމަވެސް އޭރު އެކަންކަން ބަލާފައި ނުވާއިރު، އެކަމަށް އެޅުނު ފިޔަވަޅެއް ނޭޅުނުތަނުގައި އެއްކަމެއްވެސް ނުކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ކަންކަން ކުރާ މީހުން މަގާމުތަކުން ވަކިކުރާތަން ފެންނަމުންދާކަމަށާއި، އެބާވަތުގެ ކަންކަން ނުކުރުމަށް ރައީސް ޑރ.މުއިއްޒު ނަސޭހަތް ދެއްވުމުގެ އިތުރުން ސަރުކާރުން ހިންގާ ހިޔާނާތްތައް ތަހްގީގުކުރަމުންދާތަން މިހާރު ފެންނަކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ މުޒާހަރާއިން ނިކުންނާނެ ހަމައެކަނި ނަތީޖާއަކީ ގައުމު އަނދަވަޅަކަށް ވެއްޓުން ކަމަށާއި މިކަމުން ރައްޔިތުން އިތުރަށް ދަރަނިވެރިނޫންކަމެއް ފެންނާނެތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ގާސިމް ވިދާޅުވީ މިއަދުގެ މުޒާހަރާގައި ބައިވެރި ނުވާން އެދޭކަމަށާއި، މިއަދުގެ ހަރަކާތް ދެކެނީ ޤައުމު އިނދަ ޖައްސާލުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި