ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ތާރިޤް -- ފޮޓޯ: މިހާރު
ކުޅިވަރު
09 Oct 2025 | 13:06
އެފްއޭއެމްގެ ރައީސް ތޯރިގް، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ތާރިޤް (ޓޮމް) ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރުކަމަށް އައްޔަނުކުރުމަށް ފީފާގެ ކައުންސިލުން ނިންމައިފިއެވެ.

މިއީ ފީފާގެ ސްޓޭންޑިން ކޮމެޓީއެއްގެ މިފަދަ މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

އެފްއޭއެމްގެ ޕޯސްޓް

އެފްއޭއެމްގެ ރައީސަކަށް މިދިޔަ ޖުލައި މަހު އިންތިހާބުވި ފަހުން ޓޮމް ގެންދަނީ ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވުމަށް ފީފާގެ ލަފާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން ގާތްގަޑަކަށް ގާތްގަޑަކަށް ދެ އަހަރުގެ މެދުކެނޑުމުކަށްފަހު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.

އެ ނަތީއްޖާތަކާއި ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ތޯރިގްއާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފުޓްބޯޅަ ކޮޅަށް ނެގުމަށް ތޯރިގް ފަށާފައިވާ މަސައްކަތަށް ތައުރީފުކުރައްވާފައެވެ.

އަދި ރާއްޖެއިން މި އަހަރު ހޯދި ސައުތު އޭޝިއަން ސުޕަ ކްޕަގެ ކާމިޔާބީ އާއި ގުޅިގެން ތަހުނިޔާ ފޮނުއްވައި، ދިހަ އަހަރަށް ފަހު އެފްއޭއެމުން ފުރަތަމަ ފަހަރަށް އިލެވެން ސައިޑް އަންހެން ފުޓްބޯޅަ މުބާރާތެއް އަންނަ މަހު ބޭއްވުމަށް ނިންމުމާއި ގުޅިގެން ވެސް އިންފަންޓީނޯ ވަނީ ތައުރީފުކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޓޮމް އެފްއޭއެމްއާއި ހަވާލުވުމުގެ ކުރިން އެފްއޭއެމް ހިންގީ ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީންނެވެ. އެގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ ދައުރުގައި އެފްއޭއެމްގެ ޑިވެލޮޕްމެންޓް ފައިސާ ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައި ފީފާއިން އޮތީ އެ ފަންޑުގެ ފައިސާ ރާއްޖޭ އަށް ދިނުން މެދުކަނޑާލަފަ އެވެ.

އެފަދަ މައްސަލައެއްގައި ބައްސާމް އިއްޔެ ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.