އޭސީސީއަށް ހާޒިރުކުރާ ކުރީގެ ތިން ވަޒީރުން
ހަބަރު
10 Oct 2025 | 19:24
އޭސީސީއަށް ހާޒިރުކުރަނީ ބިރުދައްކަން، ބޭނުމަކީ ބޮޑު އެއްވުމަށް ހުރަސްއެޅުން: އެމްޑީޕީ

އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތިން ބޭފުޅެއް ކަމަށްވާ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއީލް އާއި ޤައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ، ކުއްލިގޮތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީ އިސްވެ އޮވެ، 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަން ހިންގުމާ ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން، ސިޔާސީ މަގުސަދެއްގައި، ވަކި ބަޔަކަށް އަމާޒުކޮށްގެން، ނުހައްގުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި އެތަކެއް އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމާއި އަދި ގިނަ ވިޔަފާރިތަކެއް ހުއްޓުވައިފައި ވުމުގެ ސަބަބުން އެތައް ބަޔަކަށް ނުހަނު ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، އެ މައްސަލަތަކަށް ހައްލު ހޯދައިދީ، ދައުލަތުން ޢަމަލުކުރި ގޮތުގެ ސަބަބުން ލިބުނު ގެއްލުމަށް ޢަދުލުވެރި ބަދަލެއް އެ ފަރާތްތަކަށް ދީ، އިންސާފު ގާއިމުކުރުމަށް ވައުދުވެގެން ކަމަށެވެ.

އަދި އޭރުގެ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ކެބިނެޓްގެ ތިން ވަޒީރަކަށް ތުހުމަތުކޮށް އޭސީސީއަށް ހާޒިރުކުރަނީ ބިރު ދެއްކުމަށް ކަމަށެވެ. ތިން ބޭފުޅުންގެ މައްޗަށް އޭސީސީއިން ކުރަނީ ދޮގު ތުހުމަތުތަކެއްކަން، އެ މައްސަލައިގެ ޒާތުންވެސް އެނގިގެންދާ ކަމަށެވެ.

އޭސީސީ ތަހުގީގުކުރަމުންދާކަމަށް އަންގައިފައިވާ މައްސަލައަކީ، އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކެއްގެ މައްސަލަ ކަމަށާ ޕީއެންސީގެ އަސްލު ކަމަށްވާ އޭރު އޮތް ޕީޕީއެމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދައިފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ގާނޫނީ ހަމައެއް އޮވެގެން ނޫންކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އަދި ބުނީ ނުހައްގުން އަދި ގާނޫނާ ހިލާފަށް އެއްބަސްވުންތައް ބާތިލުކުރި މައްސަލަތަކުގައި ހައްލު ހޯދައިދިނުމަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި، ސްވިފްޓް އިންޖިނިއަރިންއިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި 6 ޕްރޮޖެކްޓެއްގެ ތެރެއިން، 4 ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިނަމަ، އަނެއް 2 ޕްރްޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެކަމަށް އެއްބަސްވުމަށް ކަމަށާ މިއީ ދައުލަތައް އެންމެ ގެއްލުން ކުޑަވާނެ ގޮތް ކަމަށް ކަމަށް ބަލައި، ސެޓްލްމަންޓް ކޮމިޓީން ލަފާދީފައިވާ ކަމަށެވެ. އަދި، އެ ގޮތުގެ މަތީން އެ މައްސަލަތައް ހައްލުކޮށް ނިންމައިފައިވާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން، ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ، ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށްކަން މި މައްސަލައިންވެސް ހާމަވާ ކަމަށް ބުންޏެވެ.

އަދި ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަދި މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުالله ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަމަށް ހާމަކުރައްވާފައިވާ ކަމަށާ އެހެން ކަމުން މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެ ޕާޓީން ބުނީ މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ، މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.