ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Oct 2025 | 15:02
ކަނޑިތީމުގައި 20 އެނދުގެ ސިއްޚީ މަރުކަޒެއް އިމާރަތްކުރަނީ

ށ. ކަނޑިތީމުގައި 20 އެނދުގެ ސިއްޚީ މަރުކަޒުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާއި ހަވާލުކޮށް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ސިއްޚީ މަރުކަޒުގައި ދެ ބުރީގެ އިމާރާތެއް އިމާރަތްކުރުމަށް ބަޔަކާއި ހަވާލުކުރި ނަމަވެސް އެ މަސައްކަތް ކުރިޔަށްނުދާތީވެ އެ އެއްބަސްވުން އުވާލައިފައިވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް އެހެން ބަޔަކާއި ހަވާލުކޮށްގެން މި އަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ނިންމަވައިފާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ޤާއިމްކުރާނީ 10 އެނދުގެ ވޯޑާއި ޕްރައިވެޓް ރޫމް ވެސް ހިމެނެހެން 20 އެނދުގެ އިމާރާތެކެވެެ.

ކުރިން ހަވާލުކޮށްފައިިވާ މަސައްކަތް ކުރިއަށް ނުގޮސްގެން ޓާމިނޭޓް ކޮށްފައިވާނީ. މި މަސް ތެރޭގައި އެކަން ބަޔަކާއި ހަވާލުކުރުވޭނެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް. މި މަޝްރޫއުގެ ތެރެިއން ދެ ބުރީގެ އިމާރާތެއް އެޅިގެންދާނެ. އެއީ 10 އެނދުގެ ވޯޑާއި ޕްރައިވެޓް ރޫމް ވެސް ހިމެނޭހެން. އެ ހުރިހާ ކަމެއް ހިމެނޭހެން ޖުމްލަ 20 އެނދު ހިމެނޭ އިމާރާތެއް ތަރައްގީކޮށްދޭނަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެ ރަށުގެ ސިއްޚީ މަރުކަޒަށް ފަހު އެ ރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާފައެވެ. އެގޮތުން އެ ރަށުން އަލަށް މީހުން އާބާދުވި ސަރަހައްދުގައި ކަރަންޓާއި ފެން ލުމުގެ މަސައްކަތަކީ ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަމަކީ ވަރަށް ގިނަ ރަށްތަކުގައި ހައްލުކުރަން ޖެހިފައިވާ މައްސަލައެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ކުޅިވަރުގެ ދާއިރާއިންވެސް އެރަށަށް މުހިއްމު މަސއްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅޭވޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެކަމަށާއި އެގޮތުން ފެންސް ޖަހައި، ލައިޓް ޖަހާދީ ޗޭންޖިން ރޫމްއާއެކު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.