ކުރީގެ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ -- ފޮޓޯ: މަޖިލިސް
ހަބަރު
15 Oct 2025 | 14:40
އައިޝަތު އަލީއަށް ކުރާ ތުހުމަތު އޭސީސީއަށް ވެސް ސާފެއް ނޫން: ވަކީލުން

މިދިޔަ ސަރުކާރުގެ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީގެ މައްޗަށް އޭސީސީން ކުރާ ތުހުމަތު އެ ކޮމިޝަނުގެ އޮފިސަރުންނަށް ވެސް ސާފުނުވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.

މިދިޔަ ސަރުކާރުގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލައަކާއި ގުޅިގެން އައިޝަތު އަލީ މިއަދު އޭސީސީއަށް ވަނީ ހާޟިރުކޮށްފައެވެ. އެ ބައްދަލުވުމަށްފަހު އައިޝަތު އަލީގެ ޤާނޫނީ ވަކީލުން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި އައިޝަތު އަލީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހްމަދު މައުރޫފް ވަނީ އޭސީސީން އައިޝަތު އަލީގެ މައްޗަށް ކުރާ ތުހަމަތު ސާފުކޮށްދޭން ވަރަށް ގިނަ ވަގުތު ނެގިކަން ފާހަގަކުރައްވާފައެވެ.

މައުރޫފް ވިދާޅުވީ، އޭސީސީގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ އޮފިސަރުންނަށް ސުވާލެއް ވެސް ނުކުރެވޭ ކަމަށާއި، ކުރާ ތުހުމަތު ސާފުކޮށްދޭން ވެސް ވަރަށް ގިނަ ވަގުތު ނެގި ކަމަށެވެ. އަދި އެ ތުހުމަތު ސާފުކޮށްދިން އިރު އޭގައި އޮތީ ނުހައްގުން ބަދަލެއް ދޭން ނިންމިކަމަށް ބުނާ ވާހަކައެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މިއަދު އޭސީސީއަށް ހާޟިރުވުމަށް ފަހު ޑރ. އައިޝަތު އަލީ އަދި ކުރީގެ ފަސްޓް ލޭޑީ ފަޒުނާ --

އެހެން ނަމަވެސް ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ އަކީ ބަދަލުދޭން އުފެއްދި ކޮމެޓީއެއް ނޫން ކަމަށާއި، އެ ކޮމެޓީ އަކީ ލަފާދޭ ކޮމެޓީއެއްކަން ފާހަގަކޮށްފައިވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފާހަގަކުރިން މިނިސްޓަރު އޭރު ބައިވެރިވީކީ ގޮތް ނިންމާ ކޮމިޓީއެއްގައެއް ނޫނޭ. އެއީ ލަފާދޭ ކޮމިޓީއެކޭ. އެހެންވީމަ އެއީ ނިންމުން ނިންމާ ތަނެއް ނޫން،" މައުރޫފް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހަފުތާއެއްގެ ތެރޭގައި އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ކެބިނެޓުގެ ތިން އިސްވެރިޔަކު ވަނީ އޭސީސީއަށް ހާޟިރުކޮށްފައެވެ.

އެގޮތުން  ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީގެ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެންނުވާ ބަދަލެއް ދިނުމުގައި މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތާއި ގުޅިގެން ހިންގާ ތަހުގީގަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް މި ހަފުތާގެ ހޯމަ ދުވަހު ވަނީ އޭސީސީއަށް ހާޟިރުކޮށްފައެވެ.

އަދި ކުރީގެ ބަންޑާރަނައިބުކަން ކުރެއްވި އިބްރާހިމް ރިފްއަތު ވެސް އެސީސީއަށް ހާޒިރުކުރަން ނިންމައި ޗިޓު ވަނީ ފޮނުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.