ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ށ. މާއުނގޫދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Oct 2025 | 13:28
މާއުނގޫދޫ ސިއްޚީ މަރުކަޒުގެ ބޮޑުކުރާބައި ނިމުމުން 24 ގަޑިއިރު ހިދުމަތްދެވޭނެ: ރައީސް

ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ އަލަށް އިމާރާތްކުރާ ބައިގެ މަސައްކަތް ނިމުމުން، އެތަނަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުގެ ގޮތުގައި މާއުނގޫދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުތައް ނުބޭއްވުނު ނަމަވެސް، އެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންދެއްވާ ކަމަށެވެ.

މީގެ ތެރޭގައި ރަށު ކައުންސިލްގެ އައު އިމާރާތާއި، މާއުނގޫދޫ ސްކޫލްގެ އައު އިމާރާތާއި، ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ ރަށުގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ނިމޭއިރު އެތަން 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވުއެވެ.

މީގެއިތުރުން ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށާއި، އެމްޓީސީސީން ކުރިއަށްގެންދާ ބަނދަރު މަޝްރޫޢަށް ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން އިތުރުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ރަށުގެ ގިރާ ސަރަހައްދުގެ މަސައްކަތް ކުރައްވާނީ މޫދަށްއެރޭ ސަރަހައްދެއް ހިމަނައިގެން ކަމަށާއި، މިއަހަރު ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް ފައްޓަވައި، އަންނަ އަހަރުގެ ބަޖެޓުގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ހިމަނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވަނީ، ށ. އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، ރައްޔިތުން އެދިވަޑައިގެންނެވި ކަންކަން ކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.