ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުން --
ހަބަރު
21 Oct 2025 | 01:07
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ގެންނަނީ، ތިން އަހަރުން ނިމޭނެ

ހައްދުންމަތީ ކައްދޫ އެއާޕޯޓް، ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމަޕެނީ ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ, ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކައްދޫ އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ހަވާލުކޮށްފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކައްދޫ އެއާޕޯޓް، ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

އެ މަޝްރޫއުގެ ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރެއްވުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިންހިއްކާ، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މި މަޝްރޫއުގެ ދަށުން ހިއްކާނެ ކަމަށެވެ. މި ދެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަރަހައްދީ ތަރައްގީއަށްޓަކައި، ފޮނަދޫގައި ކުރިއަށް ގެންދަވާ ހުރިހާ މަޝްރޫއުތަކަށް މުހިއްމު މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ފޮނަދޫއަށް ގިނަ މަޝްރޫޢުތަކެއް

މިރޭގެ ރަސްމިއްޔާތުގައި ފޮނަދޫގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ އެއްބަސްވުމާއި، ފޮނަދޫގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލޭންގުއެޖް ސްކޫލް އިމާރާތްކުރުމުގެ މަޝްރޫއު އާއި، ފޮނަދޫގައި އޮފީސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫއު އާއި، ފޮނަދޫ ބަނދަރު ހެދުމުގެ މަޝްރޫއު އާއި، ފޮނަދޫ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އިތުރުން ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފަ އެވެ.

މި މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއިން ކޮންމެ މަޝްރޫއަކުން ރަށުގެ އިތުރުން މުޅި އަތޮޅާއި ސަރަހައްދުގެ ހުރިހާ ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ލެންގުއެޖް ސްކޫލުން ޓޫރިޒަމަށް ހާއްސަ ކޮށްގެން ތަފާތު ބަސްތައް ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. ސްޕޯޓްސް ކޮމްޕްލެކްސް ހަދާނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއި އެކު މަގުހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހި ނިމިގެންދާއިރު ރަށުގެ ހުރިހާ މަގެއް ހެދޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.

ރައީސް ފޮނަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން --

މީގެ އިތުރުން ފޮނަދޫގައި އައްސޭރި ޓޫރިޒަމް އަދި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް، މަސައްކަތް ކުރިއަށް ދާކަމަށާއި، ރަށުގައި އެޅުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ 500 ހައުސިންގް ޔުނިޓްގެ ތެރެއިން 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމުގެ ކަންކަން ކުރިއަށް ދާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. މީގެ އިތުރުން ފޮނަދޫގައި ސައުދީ ފަންޑްގެ ދަށުން 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާ ކަންވެސް އެ މަނިކުފާނު ހާމަކުރެއްވި އެވެ.

މީގެ އިތުރުން އިގްތިސާދީ މުހިއްކު މަޝްރޫއެއް ކަމަށްވާ، ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމުގެ މަސައްކަތް މިހާރު އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަޔަކާއި ޙަވާކުކުރުމުގެ މަރުޙަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، "ފުނިޖެހިފައިވާ" އެތައް ބިލުތަކަކަށް ފައިސާ ދެއްކެވުމުގެ ކަންކަން، ކުރިއަށް ގެންދަވާނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކުރައްވައި، ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ފަތުވެރިކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާ އާއި، ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އެތައް މަސައްކަތެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކުރިއަށް އޮތް މަދުދުވަސްކޮޅުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތަކެއް ލިބި، ކުރިއަށް އޮތީ ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ދުވަސްތަކެއް ކަމުގައި ހާމަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.