އަމާޒަކީ ކޮންމެ ރަށަކުން ވިހި މިނެޓުން ދެވޭނެ އެއާޕޯޓުތަކެއް ހެދުން: އަސްލަމް

17 Jun 2019 | 16:21

މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފުރައިގެން ވިިހި މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީކުުރުންކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ކުރުނބާާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާާޓްނާރޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފުރައިގެން ވިިހި މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީކުުރުންކަމަށެވެ. އެކަން ހާސިލްކުރުމަށް އިތުުރު ފަސް ރީޖަނަލް އެއާޕޯޓަކާއި އެކު މުޅި ރާާއްޖެ ގުޅުވާލަދޭނެ ފަދަ ފެރީގެ ނިޒާމެއް އަޅަން ޖެހޭނެކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

މި ނިޒާމުގެ ދަށުން ދަތުރުފަތުރުގެ މައި ހަބްތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެތަންތަނަކީ ހދ.ކުޅުދުއްފުއްޓާއި، ޅ.ނައިފަރާއި، ގދ.ތިނަދޫ އަދި ގަމުގައި ކަމަށެވެ.

އަދި މި ރީޖަނަލް ހަބްތަކާއި އެކު އިތުރު ނުވަ ސަބް ރީޖަނަލް ހަބް ވެސް ގާއިމު ކުރައްވާނެކަމަށްވެސް އެމަނިކުފާނު ފާހަަގަކުރެއްވިއެވެ. މި ފެރީގެ ނިޒާމު ގާއިމްކުރުމަށް އެހީވުމަށް ކުވައިތު ފަންޑުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް