ބާނި ހަރަކާތުގެ ތެރެއިން ފީނުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކުރުމުގެ ލިޔުން ހަވާލުކުރަނީ. –ފޮޓޯ: ވީއެމްސީ
ހަބަރު
02 Nov 2025 | 14:23
ގިިނީސް އިން ބ. އަތޮޅު ކައުންސިލު ޖޫރިމަނާކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ކައުންސިލު

ބ. އަތޮޅު ކައުންސިލުން ޤަވާއިދާއި ޚިލާފުވެގެން ގިނިސް ވޯލްޑް ރެކޯޑްސްއިން ބ. އަތޮޅު ޖޫރިމަނާކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ބ. އަތޮޅު ކައުންސިލުން ޤަވާއިދާއި ޚިލާފުވިކަމަށް ބުނެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ ރާއްޖޭގެ ނޫހަކުންނެވެ. އެގޮތުން އެ ނޫހުން ރިޕޯޓުކުރި ގޮތުގައި ބ. އަތޮޅު ކައުންސިލް ޖޫރިމަނާ ކުރަން ނިންމި ސަބަބަކީ ގިނީސްގެ ހުއްދަ ނެތި, ގިނީސް ގެ ނަން ޖަހައިގެން މެޑަލްތަކެއް ތައްޔާރުކޮށް އިވެންޓުގައި ބައިވެރިވި ފަރާތްތަކަށް ދިނުމެވެ.

އަދި އެކަމުގެ ސަބަބުން ބ. އަތޮޅު ކައުންސިލް 10,000 ޕައުންޑާއި 5000 ޕައުންޑާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ނިންމައިފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުން ރިޕޯޓުކުރި ދޮގު ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ހަޑިމުޑުދާރު ޢަމަލެއް ކަމަށެވެ.

"މި ޚަބަރުގެ ސަބަބުން މި ހަރަކާތުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށާއި އަދި ޖުމްލަކޮށް ބ. އަތޮޅުގެ ރައްޔިތުންނަށް މިކަމުގެ ސައްޚަ މައުލޫމާތު ވަނީ އޮޅޭގޮތް މެދުވެރިވެފައެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އެ ކައުންސިލުން ވަނީ ގިނީސްއިން އެފަދަ ޖޫރިމަނާއެއް އަދި އެ ޝަރަފު ގެއްލިދާނެ ފަދަ އެއްވެސް އިޝާރާތެއް އެ ކައުންސިލަށް މިއަދާއި ހަމައަށް ކޮށްފައިނުވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ނޫހުން ކުރި ރިޕޯޓާއި ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ބ. އަތޮޅު ކައުންސިލުން އެފަދަ ބަޔާނެއް ނެރުނު ނަމަވެސް، ގިނީސްގެ ވެބްސައިޓުން އަދިވެސް ބ. އަތޮޅުގެ އެ ހަރަކާތުގެ މައުލޫމާތު ފެންނަން ނެތްކަން ފާހަގަކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.