ފައިނު ދުވަސް ފާހަގަ ކުރުމުގެ ތެރެއިން-- ފޮޓޯ/ ފައިނު އޮންލައިން
ހަބަރު
03 Nov 2025 | 14:01
'ފައިނު ދުވަސް' ނަމުގައި ރަށުގެ އަހަރީ ދުވަހެއް ފާހަގަކޮށްފި

ފައިނު ދުވަހުގެ ނަމުގައި މުޅިން އަލަށް އެ ރަށުގެ އަހަރީދުވަސް ފާހަގަ ކޮށްފިއެވެ.

ފައިނުގައި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފައިވެއެވެ. އަދި އެދުވަހުގެ ހަވީރު ހާއްސަ ހިނގާލުމެއް ބާއްވާ، ރަށުގެ ރައްޔިތުން ބައިވެރިވާ ހައްސަ ސައެއް ވަނީ ބައްވާފައެވެ. ހަވީރު ކުރިއަށްގެންދިޔަ މި ސައި ބުއިމުގެ ތެރޭގައި އެ ރަށުގެ އިސް ރަށްވެހިންގެ ޝުއޫރުތަކާއި، ހާއްސަ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ.

ފައިނުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ބޭއްވުމަށް އަންނަ ޑިސެމްބަރުމަހުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމަހުގެ 20 ވަނަ ދުވަހު، ފައިނު ޚިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ ހަފްލާއަކާއި، ފައިނު ކޮމިއުނިޓީ ފަންޑު އިފްތިތާހުކުރުން ބޭއްވުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ރައްޔިތުން ބައިވެރިވާ ހާއްސަ ކޭމަކާއި، އުފެއްދުންތެރިކަމުގެ މައުރަޒެއް އަދި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވެއެވެ. 

އެރަށުގެ ތާރީހީ ފަތްފުއްތަކުގައި ވާގޮތުން، ފައިނުގައި މީހުން ވަޒަންވެރިވެ އުޅޭތާ އެތަށް ސަތޭކަ އަހަރެއް ވަނީ ވެފައެވެ. އެރަށުގެ ކުރީގެ އަންހެނުންގެ މިސްކިތާއި، ކުރީގެ ސުކޫލު ހުރި ބިމާއި އަދި މިނޫންވެސް ރަށުގެ އެކިއެކި ސަރަހައްދުތަކުގެ ބިމުން ގަބުރު ފެނިފައި ހުރުމުން އެކަން ސާބިތުވާކަމަށް ބުނެވެއެވެ. ނަމަވެސް، އެބޮޑު އާބާދީ ނެތިގޮސް، މަދުވާން ދިމާވީ ސީދާ ކޮން ހާދިސާއަކައި ގުޅިގެންކަމެއް ތުންތުންމަތިން ދެކެވެމުންދާ ވާހަކަތަކުން ނޫންގޮތަކަށް އެނގޭކަށް ނެތެވެ. އާބާދީ މަދުވަމުންގޮސް، ރަށުގައި 40 ފިރިހެނުން ހަމަނުވުމުގެ ސަބަބުން އެރަށުގައި ހުކުރު ނަމާދު ކުރުންވެސް ހުއްޓާލަން ޖެހުނެވެ. 

އެއާއިއެކު އެ ރަށުން މީހުން ބާލާނެކަމުގެ އެންގުނަތައް އެކި ފަހަރުމަދިން ލިބެމުން ދިޔަކަމަށްވެއެވެ. އެ ރަށުގެ އިސްރަށްވެހިންގެ ވާހަކަތަކާއި، ތާރީޙީ ފޮތްތަކުން އެނގޭގޮތުގައި، ހުކުރު ހަމަނުވެގެން ކައިރި ރަށްރަށުން މީހުން ގެނެސްގެންވެސް ފައިނުގައި ހުކުރު ކޮށްފައިވެއެވެ. އަދި އެ ފޮތްތަކުން އެނގޭ ގޮތުގައި، އޭރުގެ ރަށު އޮފިހުގެ ފަރާތުން ހުކުރު ދުވަހު ފިރިހެނުން ރަށުގައި ތިބުމަށް ރައްޔިތުންނަށް އަމުރު ކޮށްފައިވެއެވެ.

މަދުމަދުން އާބާދީ އިތުރުވަމުން ގޮސް، ރަށުން މީހުން ނުބާލާނެ ކަމުގެ ޔަގީންކަން ލިބި، އެންމެ ފުރަތަމަ ފައިނުގައި ހުކުރު ނަމާދު ކުރީ މީލާދީން 1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހެވެ. އެހެންކަމުން، ރަށުގެ އަހަރީ ދުވަހެއްގެ ގޮތުގައި މި ދުވަސް ކަނޑައަޅާފައި ވަނީ، މިކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. 

ބިމުގެ ގޮތުން ބޮޑު، ގުދުރަތީ ރީތިކަމުން ފުރިގެންވާ، ހިތްފަސޭހަ މާހައުލެއް ލިބިފައިވާ، ފައިނުގެ އާބާދީއަކީ މިހާރު 527 މީހުންނެވެ. އެއީ 248 އަންހެނުންނާއި، 279 ފިރިހެނުންނެވެ. 

އެ ރަށުގައި އަހަރީ ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ ޝުކުރުވެރިކަމާއިއެކު ކާބަފައިންގެ ޒިކުރާ އާކޮށް، ރައްޔިތުންގެ މެދުގައި ރަށާއި މެދު ލޯބި އަށަގަންނުވާ، އެއްބައިބަންތަކަން އާލާކޮށް، ރަށަށް ބޭނުންތެރި ޚިދުމަތްތަކެއް ކޮށްދިނުން ކަމުގައި ކަނުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، ކޮންމެ އަހަރަކު ވެސް 2 ނޮވެންބަރުގައި 'ފައިނު ދުވަސް' ގެ ނަމުގައި އެ ރަށުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.