ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ -- ވޮއިސް ފޮޓޯ
ހަބަރު
08 Nov 2025 | 12:15
ބޮޑު ޖަލްސާއިން ރާއްޖޭގެ ބޮޑު ފިކުރު ފެންނާނެ: އަބްދުއްރަޙީމް

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާގައި ރާއްޖޭގެ ގިނަ ބަޔަކު ސަޕޯޓުކުރަނީ ކޮން ފިކުރަކަށް އަދި ކޮން ލީޑަރަކަށް ކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ރައްޔިތުންގެ އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޚާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއީ ޕީއެންސީގެ ޖަލްސާއެއް ކަމަށާއި، އެ ޖަލްސާގައި ރައްޔިތުން ބައިވެރިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެނެސްދެއްވާ ތަރައްގީއަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވަން ކަމަށެވެ.

މި ޖަލްސާއަށް ރައްޔިތުން އައީމާ ދެން އިތުރަށް އޮޅުން ފިލުވާކަށް ނުޖެހޭނެ ރައްޔިތުން އެ އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވާފައި ހުރި މަސައްކަތަށް ޝުކުރުވެރިވާތީ އެކަން ޤަބޫލުކުރާތީ ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުކުރައްވާތީ. މި ޖަލްސާއަށް އައިމާ އިތުރު މައުލޫމާތުތަކެއް ލިބިގެންދާނެ. އެއީ ޕާޓީގެ ރައީސަކީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާނެ. ދައްކަވާއިރުގައި ރައްޔިތުންނަށް އެތައް އުންމީދުތަކެއް ލިބޭނެ. 

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާއިރު، ރައްޔިތުން އެ ޖަލްސާއަށް އަންނަނީ މި ސަރުކާރުދާ މިސްރާބު ރަނގަޅުކަމުގައި ޤަބޫލުކުރެވޭތީ ކަމަށެވެ.

އަދި ޕީއެންސީގެ ވެރިކަމާއި އެކު ރައްޔިތުން ބޭނުންވާ ތަރައްގީއަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް އެބައޮތް ކަމަށާއި، އެ ޔަގީންކަން ރައީސަށް ކަށަވަރުކުރުމަށްޓަކައި އެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުން ފިލުވާކަށެއް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް އެ ވާނުވާ އެނގޭތީ. އެކަން ހިނގާ މަގު އިނގޭތީ. މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމުގައި ގަބޫލުކުރެވޭތީ. އައު އުންމީދަކާއި އައު ރޫހަކާއި ދިރުމަކާއި އެކީގައި، އައު މުސްތަގުބަލަކަށް އުންމީދު ކޮށްގެން އެ އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީގެ ސަރުކާރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީ އެމީހުން ބޭނުންވާ ތަރައްގީއަށް ވާސިލުވެވޭނެ ކަމުގެ. އެހެންވީމާ އެ ޔަގީންކަން އިތުރަށް ކަށަވަރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުކޮށްދިނުމަށް އެމީހުން ތިބީ ޕީއެންސީގެ ސަރުކާރާއި އެކީގައިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީގައިކަން.

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ފުރުއްވާ އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ވާދަވެރި ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއްކަން އެ ރައްޔިތުން އެ ދުވަހު ސާބިތުކޮށްދޭނެ ކަމަށެވެ. 

އެހެންކަމުން އެ ދުވަހު ރާއްޖޭގައި އޮތީ ކޮން ފިކުރެއްކަމާއި އެ ރައްޔިތުން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަ ރައްޔިތުން ޤަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުން 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗަށް އެ ޖަމާވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެރޭ ފެންނާނެ ދިވެހި ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަން. ކޮން ލީޑަރަކާއި އެކީގައިކަން. ވަރަށް ސާފުކޮށް އިރާދަކުރެއްވިއްޔާ 14 ވަނަ ދުވަހުގެ ރޭ. 

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ބޮޑު ހަރަކާތަށް އާންމުންނަށް ދަޢުވަތު ދިނުމުގެ ގޮތުން، ޚާއްސަ ހަރަކާތެއް ވެސް މިއަދު އެ ޕާޓީން ވަނީ ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.