ފައިނު ދުވަސް ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ފައިނު އޮންލައިން
ހަބަރު
09 Nov 2025 | 11:03
"ފައިނު އެވޯޑް" އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފައިނުގެ އަހަރީ ދުވަހާއި ގުޅިގެން، އެރަށުގައި ބާއްވާ "ފައިނު އެވޯޑު" ހަފުލާގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. 

މި އެވޯޑު ހަފްލާއަކީ ފައިނުގެ ޚިދުމަތްތެރީންނާއި މަސައްކަތްތެރީންނާއި އަދި ރަށަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން، އެކަމުގެ އަގު ވަޒަންކުރުމަށް ބާއްވާ ހަފްލާއެކެވެ. 

ފައިނު ކައުންސިލުން ގެޒެޓުގައި 6 ނޮވެމްބަރުގައި ކޮށްފައިވާ އިއުލާނުގައި ވާގޮތުން، މި ހަފްލާ އިންތިޒާމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ އެއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރައްވައިގެން ވެސް ހުށަހެޅިދާނެއެވެ. ގެޒެޓުގައި ވާގޮތުން މި މަސައްކަތަށް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީވާ ފަރާތްތަކަށް ވަކިން ހިއްސާކުރެވޭނެކަން ވެސް މި އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. 

ގެޒެޓުގައި ވާގޮތުން މި އިއުލާނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެވޭނީ 13 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށެވެ. އަދި 20 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް ބީލަން ބަލައިގަތުން ކުރިއަށްދާނެއެވެ. އެ ބީލަންތައް ހުޅުވުން ބެއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2025 ވަނަ ދުވަހު 11:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް ވެސް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ޝައުގުވެރިވާ ފަރާތްތަކުން އެ އިދާރާގެ ނަންބަރު 4000311 އަށް ގުޅުއްވާ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރެއްވޭނެކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ. 

"ފައިނު ދުވަސް"ގެ ނަމުގައި އެރަށުގައި މިއަހަރު ފާހަގަކުރަން ފެށި ރަށުގެ އަހަރީ ދުވަހަކީ މީހުން މަދުވުމުގެ ސަބަބުން ހުކުރު ކުރުން ހުއްޓާލަން މަޖުބޫރުވެފައި އޮތުމަށް ފަހު، އާބާދީ އިތުރުވަމުން ގޮސް އެރަށުގައި އަލަށް ހުކުރު ނަމާދު ކުރަން ފެށި ދުވަހަށް ހާއްސަކޮށް ނޮވެންބަރުމަހުުގެ 2 ވަނަ ދުވަހު ފާހަގަކުރާ ހާއްސަ ދުވަހެކެވެ.

މި ދުވަހާއި ގުޅިގެން ޖަމާއަތުގައި ފަތިސް ނަމާދަކާއި، ހާއްސަ ހިނގާލުމެއް އަދި ރަށުގެ ރައްޔިތުން ބައިވެރިވާ ހާއްސަ ސައެއް، 2 ނޮވެންބަރުގައި ވަނީ ބައްވާފައެވެ. އަދި މިކަމާއި ގުޅިގެން އަންނަ ޑިސެމްބަރުމަހު ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކަނުންސިލުން މައުލޫމާތުދެއެވެ. އެގޮތުން އެމަހުގެ 28 ވަނަ ދުވަހު ރައްޔިތުން ބައިވެރިވާ ހާއްސަ ކޭމަކާއި، އުފެއްދުންތެރިކަމުގެ މައުރަޒެއް އަދި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވެއެވެ. އަދި "ފައިނު އެވޯޑް" ހަފްލާ ބާއްވާ، ފައިނު ކޮމިއުނިޓީ ފަންޑު އިފްތިތާހުކުރުން ކުރިއަށް ދާނީ  ޑިސެންބަރުމަހުގެ 20 ވަނަ ދުވަހުކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.