އެފްއޭއެމްގެ ރައީސް ތޯރިގް، ރައީސްއަށް ސްވެނިއާ ޓިކެޓް އެރުވުމުގެ ތެރެއިން... ފޮޓޯ: އެފްއޭއެމް
13 Nov 2025 | 10:22
ފަލަސްތީނު މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ބައްލަވައިގަތީ ރައީސް މުޢިއްޒު

ފަލަސްތީނާ ދިވެހިރާއްޖެ މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗްގެ ފުރަތަމަ ސްވެނިއާ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވައިގަނެފިއެވެ.

ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރި ޕޯސްޓެއްގައި ވަނީ މިކަން ހާމަކޮށްފައެވެ. މިރޭގެ މެޗްގެ ފުރަތަމަ ޓިކެޓް ރައީސް ޑރ.މުއިއްޒު ބައްލަވައިގަތްއިރު، އެމަނިކްފާނަށް ޓިކެޓް އެރުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ. 

ފަލަސްތީނާ ރާއްޖެ ބައްދަލުކުރާ މެޗްގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ. ފަސޭހަކަމާއެކު ޓިކެޓް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފްއޭއެމުން ވަނީ، މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްއަޕަށް މެސެޖުކޮށްގެން ޓިކެޓް ގަނެވޭނޭ އިންތިޒާމު ހަމަޖައްސާފައެވެ.

އެފްއޭއެމްގެ ރައީސް ތޯރިގް، ރައީސްއަށް ސްވެނިއާ ޓިކެޓް ހަވާލުކޮށްދެއްވަނީ..

ގަލޮޅު ދަނޑުން މިއަދު ހެނދުނު 9 އަކުން ފެށިގެން 12:00 އަށް އަދި މެންދުރުފަހު 14:00 އިން ފެށިެގން 18:00 އަށް ޓިކެޓް ވިއްކަމުންދާނެއެވެ. އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް އެހީތެރިވުމަށްޓަކައި މިމެޗްތަކަށް ހާއްސަ ސްވެނިއަރ ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައެވެ. އެގޮތުން ސްވެނިއަރ ޕްލެޓިނަމް ޓިކެޓް 1000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. މީގެ އިތުރުން ދެން ހިމެނެނީ 200 ސްވެނިއަރ ގޯލްޑް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކުމަށް ނިންމާފައިވަނީ، 500 ރުފިޔާއަށެވެ.

އެފްއޭއެމުން ފަލަސްތީނުމެޗް ޓިކެޓް ވިއްކިނަމަވެސް ގަލޮޅުދަނޑަށް ކުޅިބަލަން ހިލޭ ވަނުމުގެ އިންތިޒާމުވެސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ

ފަލަސްތީނުން ރާއްޖޭގައި ކޭމްޕްކޮށްފައިވަނީ އޭޝިއަންކަޕް ކޮލިފައިންގައި އެޓީމް ކުޅެންޖެހޭ މެޗްގެ ކުރިން ތަމްރީނުތައް ހަދައި ރާއްޖޭގެ ޤައުމީޓީމާއެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށެވެ. ފަލަސްތީނު ޓީމް ރާއްޖެ އައުމަށް ރައީސް ހުއްދަ ދެއްވިއިރު އެޓީމަށް އެ ފުރުސަތު ދީފައިވަނީ ޢައްޒާ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގައި ފަރިތަކުރުންތައް ކުރިއަށްގެންދާނޭ ރައްކާތެރި މާހައުލެއް ނެތުމުންނެވެ. އޭއެފްސީ ކަޕް ކޮލިފައިން މެޗްތައް އޮންނާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.