ނެޝަނަލް ނިއުސް އެޖެންސީ އިފްތިތާހްކުރުމުގެ ތެރެއިން...
ހަބަރު
13 Nov 2025 | 23:25
ނެޝަނަލް ނިއުސް އެޖެންސީ އިފްތިތާހްކޮށްފި

މީޑިއާތަކަށް ކޮންޓެންޓް ފޯރުކޮށްދިނުމުގެ މަޤްސަދުގައި "ނެޝަނަލް ނިއުސް އޭޖެންސީ" އިފްތިތާހްކޮށްފިއެވެ.

ނެޝަނަލް ނިއުސް އޭޖެންސީ އިފްތިތާހްކުރުން އޮތީ މިކަމަށްޓަކައި މިއަދު ދައުލަތުގެ މީޑިއާގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނެޝަނަލް ނިއުސް އޭޖެންސީގެ ލޯގޯ އާއި ވެބްސައިޓްގެ އިތުރުން ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާނުގެ އިތުރުން ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ.

ރާއްޖޭގެ ގިނަ މީޑިއާތަކަކުން ބައިވެރިވި މި ރަސްމިއްޔާތުގައި ވަނީ އެންއެންއޭގައި ބައިވެރިވި މީޑިއާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ޕްލެޓްފޯމާ މިއަދު 20 މީޑިއާއަކުން ގުޅުނުއިރު މީގެ ތެރޭގައި ބްރޯޑްކާސްޓިން މީޑިއާތަކުގެ އިތުރުން އޮންލައިން ނޫސްތައް ހިމެނެއެވެ.

މި ަރސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވިދާޅުވީ، ނެޝަނަލް ނިއުސް އޭޖެންސީގެ ހިދުަތް ފެށިގެންދިއުމާއެކު މީޑިއާތަކަށް ވަރަށްބޮޑު ލުއިފަސޭހަކަމެއްލިބި ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ މީޑިއާއިން ނަގާ ނިއުސްއިވެންޓްތަކާއި އެކިއެކި އިވެންޓްތަކުގެ ކޮންޓެންޓްތައް މީޑިއާތަކަށް ލިބިގެންދާނޭކަމަށެވެ.

ދައުލަތުގެ މީޑިއާގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަސްރީން ވިދާޅުވީ މި ހިދުމަތާއެކު އަމިއްލަ މީޑިއާތައް އިތުރު ހަރުފަތަކަށް ގެނައުމަށް ދައުލަތުގެ މީޑިއާގެ އެހީތެރިކަން ލިބިގެންދާނޭ ކަމަށާއި، ނެޝަނަލް ނިއުސް އޭޖެންސީ ޕްލެޓްފޯމުން މީޑިއާތަކަށް ގިނަ އަދަދެއްގެ ކޮންޓެންޓް ހިލޭ ލިބިގެންދާނެކަމަށެވެ. އަދި ކަނޑައެޅޭ ހާއްސަ އުސޫލުގެ ދަށުން އިތުރު ކޮންޓެންޓްތައްވެސް އަމިއްލަ މީޑިއާތަކަށް ލިބޭނޭކަން ނަސްރީން ފާހަގަކުރެއްވިއެވެ.

ނެޝަނަލް ނިއުސް އޭޖެންސީގެ ހިދުމަތަކީ އޭޕީ ނުވަތަ ރޮއިޓާސް ކަހަލަ ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ކުރިމަތިވާ ކާރިސާތަކުގެ ވީޑިއޯ ފަދަ ތަކެތި އަމިއްލަ މީޑިއާތަކަށް ނުނެގުނު ނަމަވެސް އެ ވީޑިއޯތައް ނެޝަނަލް ނިއުސް އޭޖެންސީގެ މެމްބަރު މީޑިއާތަކަށް ކޮލިޓީކޮށް ލިބިގެންދާނެއެވެ. މިހާރު އެފަދަ ބައެއް ވީޑިއޯތައް ނުލިބޭ މީޑިއާތަކުން ބޭނުންކުރަންޖެހެނީ އެ ނެގި ފަރާތަކުންދޭ ކޮލިޓީއެއްގައި ގިނަފަހަރަށް އެ ފަރާތުގެ ވޯޓަރމާކްވެސް ހިމަނައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.