މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް ޕީއެންސީއާ ގުޅުން --
ހަބަރު
14 Nov 2025 | 21:54
ކުރީގެ ޔޫތް މިނިސްޓަރު މަހްލޫފް ޕީއެންސީއަށް ސޮއިކޮށްފި

މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކޮށްފިއެވެ.

މަޙްލޫފް ޕީއެންސީއަށް ސޮއިކުރެއްވިކަަން އިއުލާނުކުރެއްވީ މިރޭ ކުރިޔަށްގެންދާ ޕީއެންސީގެ މައި ޖަލްސާގައެވެ. އެ ޖަލްސާގައި މަޙްލޫފް ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފައެވެ.

މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު ކަމުގައި ހުންނެވި މަޙްލޫފް، އޭރު ހުންނެވި އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުން އެކަން އިއުލާނުކުރައްވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލަށް ފޮނުއްވި ސިޓީގައި މަޙްލޫފް ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ވަކީން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަ ކުރަައްވާ ޝުކުރު އަދާކުރެއްވި އެވެ.

މަހްލޫފް ވަނީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އޭނާއަށް ތާއީދުކޮށް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އޭނާގެ ނިންމެވުމާމެދު ހިތްހަމަ ނުޖެހޭ މެންބަރުންްގެ ކިބައިން މާފަށް އެދިވަޑައިގެންނެވި އެވެ.

ކުރީގެ މިނިސްޓަރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މި ފަހުން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެހެން ނަމަވެސް ކުޅިވަރުގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވަ އެވެ.

ކުޅިވަރާއި ބެހޭ މިނިސްޓަރަކަށް ހުންނެވިއިރު ވެސް މަހްލޫފް ފާހަގަ ކުރެވުނީ ސިޔާސީ ކަންކަމާއި ކުޅިވަރު ވަރަށް ބޮޑަށް ވަކިކޮށް ހިދުމަތް ކުރެއްވި މިނިސްޓަރެއްގެ ގޮތުގަ އެވެ. އޭނާއަކީ ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް އެކި ސިޔާސީ ފިކުރުތަކުގެ މީހުންނާއި ވަރަށް ގާތްގުޅެއް އަބަދުވެސް ބާއްވަވާ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.