ގަވަރުނަރު މުނައްވަރު.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Nov 2025 | 18:12
ލަފާދެނީ އެއްފަހަރާ މުސާރަތައް ބޮޑުނުކުރަން: ގަވަރުނަރު

އަންނަ އަހަރު ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރަން ނިންމާފައިވާއިރު، ލަފާދެނީ މުސާރަތައް އެއްފަހަރާ މުސާރަތައް ބޮޑު ނުކުރަންކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރިސްކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއްކަމަކީ ދައުލަތުގެ ރިކަރަންޓް ހަރަދުތައް އިތުރުވާ އިތުރުވުންކަމަށެވެ. އެގޮތުން ދައުލަތުގެ ޕޭހާމަނައިޒޭޝަން ތެރެއިން މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާއިރު، އެ އަހަރުގެ ތެރޭގައި ރިކަރަންޓް ހަރަދުތައް ވަރަށްބޮޑަށް އިތުރުވެގެންދާނޭކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ގަވަރުނަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މަރުކަޒީ ބޭންކުގެ ލަފައަކީ މުސާރަތައް އެއްފަހަރާ ބޮޑު ނުކޮށް ބައިބަޔަށް ބަހާލައިގެން ބޮޑުކުރުންކަމަށެވެ. އެއްފަހަރާ މުސާރަތައް ބޮޑުކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނޭކަމަށެވެ.

މުސާރަ އިތުރުވެގެންދާއިރު އަޅުގަނޑުމެން އެންމެ މުހިންމު ލަފައެއްގަ ދީފައި އިންނާނީ ބަހާލައިގެން ކުރިއަށްގެންދިއުން. މާނައަކީ އެއްފަހަރާ ހުރިހާ މުސާރަތަކެއް ބޮޑުކޮށްފި ކަމުގައިވާނަމަ އޭގެ ޕްރެޝަރު ހަމަ ހަމަ އިކޮނޮމީއަށް އަންނާނެ. އެއީ ހާއްސަކޮށް އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށްވުރެ އިތުރު ޕްރެޝަރެއް އިތުރުވެގެން ހަމަ ގޮސްދާނެ. އެހެންވީމަ އެއީ އެންމެ މުހިންމު ކަމަކަށް އަޅުގަނޑު ގަބޫލުކުރަނީ

ގަވަރުނަރު މުނައްވަރު

ވަޒީރު އިތުރަށް ވިދާޅުވީ ބޭރުގައި ކުރަމުންދާ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގުބޮޑުވުމަކީ ކުރިމަތިވާ ވަރަށްބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ ރައްޖޭގައި ތެލުގެ ރިޒާވް އިތުރުކުރުމަކީ ކުރިމަތިވާ އެފަދަ ނޭދެވޭ ކަންކަމުން އަރައިގަތުމަށް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ތެލުގެ ރިޒާވް އިތުރުކުރެވިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވާ ވަގުތުގައި ތެލަށް ކުރަންޖެހޭ ހަރަދު ކުޑަކުރެވިގެންދާނޭކަން ފާހަގަކުރައްވަމުން ގަވަރުނަރު ވަނީ މިކަމަކީ މަޖިލީހުގެ އެހީތެރިކަމާއެކު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބަޖެޓް ކޮމިޓީ ބައްދަލުވުމުގައި މަރުކަޒީ ބޭންކުން ވަނީ އަންނަ އަހަރު އެއްފަހަރާ ބޮޑު ދަރަންޏެއް ދައްކަން ޖެހޭއިރު އެކަމަށްވެސް ތައްޔާރުވާންޖެހޭކަން ފާހަގަކޮށްފައެވެ.

ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރުގެ އޭޕްރިލްމަހު އެކަނިވެސް ރައްޖެއިން 600 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މޫސާ ޒަމީރު ވަނީ ބަަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ. ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ މީގެކުރިންވެސް ބުނެފައެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.