ހުޅުމާލެ ފޭސް ދޭއް... ފޮޓޯ؛ ވޮއިސް
ހަބަރު
16 Nov 2025 | 22:39
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފްކޮށްފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިފްތިތާހްކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހްކޮށްދެއްވީ މާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި ސިޔާސަތު އިފްތތާހްކުރުމާއެކު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އުސޫލްތައް ވަނީ އާއްމުކޮށްފައެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހްކޮށްދެއްވުމަށްފަހު މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލާފައިވަނީ ހުރިހާ ފަންތިއެއްގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުވާގޮތަށްކަމަށެވެ. އެގޮތުން މި ސިޔާސަތުގެ ތެރެއިން ފުދުންތެރިވިއަސް ނުވިއަސް އެމީހަކީ އަމިއްލަ ގެދޮރެއް ލިބިގެންވާ މީހަކަށް ވެގެންދިއުމަކީ މި ސިޔާސަތުގެ އެއް އަސާސްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ފްލެޓާއި ގޯތި ލިބޭ އުސޫލްތައް މިރޭ އާއްމުކުރިއިރު، ތަނަވަސްކަން ނެތް މީހުންނަށް ރެންޓް އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭއިރު، މި ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންގެ އިތުރުން މާލޭގައި އުޅޭތާ 15 އަހަރުވެފައިވާނަމަ ބޯހިޔާވަހިކަން މާލެ ސަރަހައްދުން ގޯތި ގެދޮރުގެ ކަށަވަރުކަން ލިބެއެވެ. އެފަރާތްތަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގެ އިތުރުން މިހާރު ހިއްކަމުންދާ ރަސްމާލެއިންނެވެ.

ކުރިއަށްއޮތް 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެއިން ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ 15،000 ގޯތީގެ އިތުރުން 7،000 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ފައްޓަވާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.