ކްރިމިނަލް ކޯޓު
ހަބަރު
21 Nov 2025 | 11:37
ޖިނާޢީ ބޮޑު ކުށެއްގެ ތުހުމަަތުގައި ހައްޔަރު ކުރުމުން އެދުނީ މަންމަ ޑައިލިސިސް ހަދާތީ ދޫކޮށްލުމަށް

ޖިނާޢީ ބޮޑު ކުށެއްގެ ތުހުމަަތުގައި ހައްޔަރު ކުރި ދެމީހަކު, އެ ދެމީހުންގެ މަންމަ ޑައިލިސިސް ހަދާ ކަމަށްބުނެ ބަންދުން ދޫކޮށްލަންއެދިއްޖެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ ޗަނބޭލީގޭ ހަސަން ރަޝީދު އަހުމަދު އާއި ހަމަ އެރަށު ސިއުމާމަންޒިލް އިބްރާހިމް މަމްދޫހެވެ. 

މިދެމީހުންގެ މައްޗަށްވެސް ތުހުމަތު ކުރެވެނީ ވައްކަމުގެ މައްސަލައެކެވެ. ނަމަވެސް އެ ވައްކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. 

ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރުގައިވާގޮތުން މިދެމީހުންނަށްވެސް ތުހުމަތުކުރެވޭ  ކުށް ކުރި ކަމަށް އެކަށީގެންވާ މިންވަރުގެ ހެއްކާއި ޤަރީނާ ފުލުހުން ވަނީ ހުށަހަޅާފައެވެ. 

އަދި ދެމީހުންގެ ފަރާތުން ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކުގައި، ދެމީހުންވެސް ކުށަށް އިއުތިރާފްވެފައިވާ ކަމަށާ، ޕްރޮސެކިއުޓާ ޖެނެރަލްއާއެކު އެއްބަސްވުމެއް ހެދުމެއް ބޭނުންވާ ކަމަށް އަމުރުގައި ވެއެވެ. 

މީގެ އިތުރުން އަމުރުގައި އަމުރުގައި ބުނެފައިވާ ގޮތުން، ދެމީހުންވެސް ވަނީ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. ސަބަބެއް ކަމުގައި އެމީހުން ބުނީ، ތުއްތު ދެކުދިން ބަލަންޖެހުމާއި މަންމަ ޑަޔަލިސިސް ހަދަންޖެހުމެވެ. 

ނަމަވެސް މައްސަލަ ބެއްލެވި ޤާޞީ ޞަފްޢަތު ޚަބީބު ވަނީ އެ ދެ މީހުންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ޖަހައިފައެވެ.

ދެމީހުންގެވެސް ބަންދު ލޮގު އޮތްއިރު ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް, ދައުވާ ކުރުމަށް ފޮނުވައިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ. 

އެޑިޓަރުގެ ނޯޓް
މި ޚަބަރުގައި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ހުސައިން ރަޝީދު އަހުމަދު ކަމަށް ކުރިން ލިޔެވިފައިވަނީ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ހަސަން ރަޝީދު އަހުމަދުއެވެ. ވީމާ އެކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
އޭނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ މީހެއްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.