މާލީ ވުޒާރާ ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު
22 Nov 2025 | 12:30
އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިއްޖެ: ފިނޭންސް

ދައުލަތުގެ އާމްދަނީގެ ކުރިއެރުން މިހާރު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މާލީ ވުޒާރާއިން ޝާއިއުކުރަމުން އަންނަ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ރިޔާއަތްކޮށް މިއަދު އެ ވުޒާރާއިން ބުނެފައިވަނީ، ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާއިރު، އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. 

މާލީ ވުޒާރާއިން އެންމެފަހުން ނެރުނު ވީކްލީ ފިސްކަލް ރިޕޯޓަށް ބަލާއިރު، އަހަރުގެ މިހާތަނަށް ދައުލަތުގެ ބައިތުލް މާލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ވަނީ 33.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 9.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބައިތުލްމާލަށް ލިބުނު އާމްދަނީ ހުރީ 30.3 ބިލިއަން ރުފިޔާގައެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކުހުން ވަނީ 13.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 11.5 އިންސައްތަ އިތުރުވުމެކެވެ. އަހަރުގެ މިހާތަށް ޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރުގެ ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ޖީ.އެސް.ޓީ ނުވަތަ ޓީ-ޖީ.އެސް.ޓީ ރޭޓު %17 އަށް ބޮޑުކުރި އަދަދުން ނަގަން ފެށުމެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ޖުމްލަ ޚަރަދުތައް ހުރީ 34.1 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 13.5 އިންސައްތަ ދަށްވުމެކެވެ. މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް ހުރީ 39.4 ބިލިއަން ރުފިޔާގައެވެ. ބަޖެޓުން ކުރި ހޭދައަސް ބަލާއިރު ސަރުކާރު ހިންގުމުގެ ޚަރަދުތައް ވަނީ 10.7 އިންސައްތައިން ދަށްކޮށް މިދިޔަ އަހަރާ އަޅައިބަލާއިރު 2.0 ބިލިއަން ރުފިޔާއިން ޚަރަދުތައް ކުޑަކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ސަރުކާރުން ދޭ އެހީ އިޝްތިރާކާއި ސަބްސިޑީސްއަށް ކުރާ ޚަރަދުތައް ވަނީ 4.0 އިންސައްތައިން ކުޑަކޮށްފައިވެއެވެ. ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރު ނަމަވެސް، މިބަޔަށް ހިނގާފައިވާ ޚަރަދުތައް ފާއިތުވި އަހަރާ އަޅައިބަލާއިރު 11.1 އިންސައްތަ ދަށްކަމަށް ރިޕޯޓުން ދަށްކާއިރު، މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވުންކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.