ތިލަމާލެ ބްރިޖް
ހަބަރު
23 Nov 2025 | 21:25
ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްދަނީ ހިތްހަމަ ޖެހޭ ސްޕީޑަކުނޫން: މުއްޠަލިބް

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ސަރުކާރުން ހިތްހަމަޖެހޭފަދަ ސްޕީޑެއްގައި ނޫންކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ބްރިޖް މަސައްކަތް މިހާރު އެދަނީ ސަރުކާރުން އެ މަސައްކަތް ކުރަން ބޭނުންވި ވަރަށްވުރެ ސްޕީޑް ލަސްކޮށްކަމަށެވެ.

ވަޒީރު ވިދާޅުވީ ބްރިޖް މަސައްކަތްތަކުގެ ތެރެއިން މޫދު އަޑީގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. ސުޕަ ސްޓްރަކްޗަރ މަސައްކަތްތައް ކުރިއަށްދާއިރު، ބޭނުންވާ ސްޕީޑްގައި މަސައްކަތް ކުރިއަށް ނުދާކަން މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ. 

ކުރިން އަޅުގަނޑުމެން ކޮންޓްރެކްޓްގައި ފާހަގަކޮށްފައިވާ މުއްދަތަށް އެކަން ހާސިލްވުމަކީ ފަހަރެއްގައި ނުވެދާނެކަމެއް

ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބްރިޖް މަސައްކަތްތަކާ ގުޅޭގޮތުން މާދަމާ އިންޑިއާ ސަފީރާއެކު ބައްދަލުވުމެއް ބޭއްވުމަށް ތާވަލްކޮށްފައިވާކަމަށެވެ. މަސައްކަތްކުރަމުންދަނީ ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދީގެން ވީހާވެސް އަވަހަކަށް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަންކަން ފާހަގަކުރެއްވިއެވެ. ކޮންޓްރެކްޓަރަކީ މިފަދަ މަޝްރޫޢުއެއް ކުރިއަށްގެންދަން އައު ކުންފުންޏެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުންވެސް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

ކުރީ ސަރުކާރުން ފެށި މަޝްރޫއު, ކުރީން ކަނޑައެޅި އެއްވެސް ތާރީޚަކަށް ނިންމާލެވޭ ގޮތެއް ނުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ