އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު -- ފޮޓޯ: އައިއައިއެސްޑީ
ހަބަރު
29 Nov 2025 | 19:40
ޝާހިދު ގޮވާލެއްވީ އދ. ސެކްރެޓަރީ ޖެނެރަލްކަމަށް އަންހެނަކު ހޮވުމަށް

އދ.ގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ހޮވުމަށް، ބައިނަލްއަގުވާމީ ދުނިޔެއަށް އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވެވި ޢަބްދުﷲ ޝާހިދު އިލްތިމާސް ކުރައްވައިފިއެވެ.

އދ. ގެ 80 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭރުގެ ނޫހެއްގައި ޝާއިއުކުރި ލިޔުމެއްގައި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، އދ.ގެ ކުރިއަށް އޮތް ދައުރުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ތާރީޚު ބަދަލުކުރުމަށް އަންހެން ބޭފުޅަކު އިންތިޚާބުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އދ. ގެ ފާއިތުވެ ދިޔަ 80 އަހަރުގެ ތާރީޚުގައި ވެސް އެ މަގާމަށް އިންތިޚާބުވެފައިވަނީ ފިރިހެން ބޭފުޅުން ކަމުގައި ފާހަގަކުރައްވައި ޝާހިދުވަނީ، ހަޤީގީ ބަދަލެއް ގެނައުމުގެ ވަގުތު މިހާރު ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ދުނިޔޭގެ ހުރިހާ ގައުމަކުންހެން ވެސް މިންތީގެ ހަމަހަމަ ކަމުގެ ވާހަކަ ދެއްކި ނަމަވެސް، ދުނިޔޭގެ އެންމެ އިސް ޑިޕްލޮމެޓިކް މަގާމަށް އަންހެނަކު ހޮވުމަށް އެ ގައުމުތަކުން ނުރުހޭ ކަމަށާއި، އދ.ގެ އިސް ސަފުގައި އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތު ދިނުން މުހިންމުކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެ މަގާމަށް ވެސް ޤާބިލު އަންހެން ބޭފުޅުން މަދެއް ނޫން. މަދުވަނީ އެ ބޭފުޅުން ނޮމިނޭޓްކޮށް، އެ ބޭފުޅުންނަށް ތާއީދުކޮށް، އެ ބޭފުޅުން އައްޔަންކުރުމުގެ ޢަޒުމު. 80 އަހަރު ފަހުން، އެއީ އަޅުގަނޑުމެންނަށް އިސްލާޙުކުރެވޭނެ ކަމެއް. މިކަން އަނެއްކާ ވެސް ތާރީޚަކަށް ވުމުގެ ކުރިން، ބަދަލަކަށް ޢަމަލުކުރަންވީ ވަގުތަކީ މިއީ،

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު 

ޝާހިދު އިތުރަށް ވިދާޅުވީ، ޤައުމުތަކުން އަންހެނުން އިސްސަފުން ފެންނަން ތާއީދުކުރާނެކަމަށް ވަޢުދުވި ނަމަވެސް، އިސް ސަފުގެ މަގާމުތަކަށް ހޮވުމުގެ މަސައްކަތް ފެށުމުން ސިޔާސީ މަޞްލަޙަތުތައް އިސްކުރާ ކަމަށެވެ. އެހެންކަމުން އެ އުސޫލުތައް ހުއްޓާލަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި އަންހެނަކު ހޮވުމަކީ މިންގަނޑު ދަށްވުމެއް ނޫން ކަމަށާއި، އެއީ ގިނަ ދުވަހު ނުދެކި، ދޫކޮށްލާފައިވާ ހުނަރުތަކަށް ޤަބޫލުކުރުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ މައިދާނުގެ އިސްސަފުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި އަންހެނުންނަށް ތާއީދުކުރުމަށް ސަރުކާރުތަކުން ހިތްވަރުގަދަކުރަން ޝާހިދު ވަނީ ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ.

ޤާބިލުކަމާއި މިންތީގެ ހަމަހަމަކަމަކީ ދެކޮޅު ނުޖެހޭ ދެޚިޔާލެއް ނޫން. އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ކެންޑިޑޭޓު ހޮވައި، ޤާބިލު އަންހެނުންނަށް ތާއީދުކޮށްގެން ތާރީޚު އާކުރެވިދާނެ،

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު 

އެއާއެކު ޝާހިދު ހަނދާންކޮށްދެއްވީ، ދުނިޔެ މިހާރު ކުރިމަތިލާން ޖެހިފައިވަނީ ހަނގުރާމަތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ކާރިސާތައް ފަދަ ބޮޑެތި ގޮންޖެހުންތަކަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް އ.ދ. އަށް އައު އީޖާދީ ވިސްނުންތަކާއި ވަރުގަދަ ޝަޚްސިއްޔަތުތައް ބޭނުންވާ ދަނޑިވަޅަކީ މިއީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން އދ. އަށް އައު ސެކްރެޓަރީ ޖެނެރަލެއް ހޮވުމުގެ މަސައްކަތް ކުރިއަށްދާއިރު، މިންތީގެ ހަމަހަމަކަމަށް ހަޤީޤީ މަންޒަރެއް ދެއްކުމަށް ޝާހިދު ވަނީ ޤައުމުތަކަށް ގޮވާލައްވާފައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު ހޮވެވަޑައިގެންނެވީ 2021 ވަނަ އަހަރުއެވެ. އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު ވެސް، އދ.ގެ އިސްސަފުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ދުނިޔޭގެ އެއްބާރުލުން ބޭނުންވާކަން ޝާހިދު ފާހަގަކުރައްވައިފައިވެއެވެ.

އަދި އެ މިސްރާބަށް މަސައްކަތްކުރެއްވުމަށް މެންބަރު ގައުމުތަކަށް ޝާހިދު އަބަދުވެސް ގޮވާލައްވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.