އިންސާނުން ދޮންނަ މެޝިން
ދުނިޔެ
01 Dec 2025 | 09:54
ޖަޕާނުގައި އިންސާނުން ދޮންނަ މެޝިން ވިއްކަން ފަށައިފި؛ އަގަކީ 3.85ލައްކަ ޑޮލަރު

ދުނިޔޭގެ އެކްސްޕޯ ބަލާލަން ދިޔަ އެތައް ބަޔަކު ސިއްސުވާލި އިންސާނުން ދޮންނަ މެޝިން، ޖަޕާނުގެ ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ. 

މި މެޝިނުގެ ޕްރޮޓޯޓައިޕް ނުވަތަ މޮޑެލްއެއް، "ފިއުޗަރ ހިއުމަން ވޮޝަރ" ގެ ނަމުގައި، މިދިޔަ އޮކްޓޯބަރު މަހު ނިމުނު އޮސާކާ ވޯލްޑް އެކްސްޕޯގައި ދައްކާފައިވެއެވެ.

މި އެކްސްޕޯއަށް 27 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، މި މެޝިން ބަލާލުމަށް ދިގު ކިޔޫތައް ހެދިފައި ހުއްޓެވެ. ހަ މަސް ދުވަހަށް ދެމިގެންދިޔަ މި އެކްސްޕޯގައި މި މެޝިނަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސައިންސް އިން އުފައްދާފައިވާ މި އީޖާދަކީ، 1970 ވަނަ އަހަރު އޮސާކާގައި އެކްސްޕޯ ބޭއްވި އިރު ދެއްކި މިފަދަ އީޖާދެއްގެ އަޕްޑޭޓް ކޮށްފައިވާ ވަރޝަންއެކެވެ. ސައިންސްގެ ތަރުޖަމާނު ސާޗިކޯ މައެކުރާ އެއެފްޕީއަށް ބުނީ، ކުންފުނީގެ ރައީސްއަށް މި އީޖާދުގެ ހިޔާލު ލިބިފައިވަނީ، 10 އަހަރުގެ ކުއްޖެއްގެ ގޮތުގައި 1970 ވަނަ އަހަރުގެ އެކްސްޕޯއަށް ކުރި ޒިޔާރަތުގައި ކަމަށެވެ.

މައެކުރާ އިތުރަށް ބުނީ، މި މެޝިނަކީ ހަމައެކަނި ހަށިގަނޑު ދޮންނަ މެޝިނެއް ނޫން ކަމަށާއި، ”ރޫހު“ވެސް ދޮންނަ މެޝިނެއް ކަމަށެވެ. މީގެ އިތުރުން، މި މެޝިނުން، އެ ބޭނުންކުރާ މީހުންގެ ހިތުގެ ވިންދާއި އެހެނިހެން މުހިންމު ސިއްހީ މައުލޫމާތުތައް ވެސް މޮނިޓަރ ކުރެއެވެ.

މި މެޝިން ބޭނުންކުރާ ގޮތަށް ބަލާއިރު، ބޭނުންކުރާ މީހާ ޕޮޑުގެ ތެރެއަށް ވަދެ، އިށީނދެ އޭގެ މަތި ޖަހައި ޖައްސާލުމުން، ހެދުން ދޮންނަ މެޝިނެއްގައި ހެދުން ދޮންނަ ގޮތަށް ސާފުކޮށް މީހާ ދޮވެދޭނެއެވެ. ނަމަވެސް އެ މެށިން އެނބުރޭ ގޮތަށް މި މެށިނެއް ނުވެއް އެނބުރޭނެއެވެ.

އޮސާކާގެ ހޮޓެލަކުން މިފަދަ ފުރަތަމަ މެޝިން ގަނެފައިވާއިރު، އެ ހޮޓެލްގެ މެހެމާނުންނަށް މި ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ތަރުޖަމާނު ބުންޏެވެ.

މީގެ އިތުރުން، ޖަޕާނުގެ ކޮންސިއުމަރ އިލެކްޓްރޯނިކްސްގެ ބޮޑު ރީޓެއިލް ޗެއިނެއް ކަމަށްވާ ޔަމަދާ ދެންކީ އިން ވެސް ވަނީ މި މެޝިން ގަނެފައެވެ. އެ ކުންފުނީގެ އުންމީދަކީ މި މެޝިންގެ ސަބަބުން ގިނަ ބަޔަކު އެމީހުންގެ އައުޓްލެޓްތަކަށް ޒިޔާރަތްކުރުން ކަމަށްވެސް މައެކުރާ ބުނެފައިވެއެވެ.

މީގެ އިތުރުން މައެކުރާ ބުނިގޮތިގައި އެކުންފުނިން އުފައްދަން ނިންމާފައިވަނީ މިކަހަލަ، ޖުމްލަ 50 މެޝިން އެކަންޏެވެ.

އެކި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި މެޝިނުގެ އަގަކީ 60 މިލިއަން ޔެން (385,000 ޑޮލަރު) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް